ވިޔަފާރި
އުރީދޫން އާ އަހަރަށް ހާއްސަ އޮފާތަކެއް ؛ 175 ޖީބީއާ ހަމައަށް އިތުރު ޑޭޓާ
ބޮޑެތި ބޯނަސް ޑޭޓާތަކާއި އެކު 2025 ވަނަ އަހަރަށް އުރީދޫ އިން ހާއްސަ އޮފާތަކެއް ތައާރަފްކޮށްފި އެވެ.

ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް އެޑް-އޯންތަކާ އެކު ތައާރަފްކުރީ:

  • ބޯނަސް ޑޭޓާ: ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑްގެ ބައެއް އެޑް-އޯންތަކާ އެކު 175 ޖީބީއާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ؛ މި ޑޭޓާ އެޑް-އޮންތަކުގެ ތެރޭގައި އާޗާ ޕެކްތައް، އުރީދޫ ޑޭޓާ ޕެކްތައް އަދި މަގޭ ޕްލޭންސް ހިމެނޭ

  • ބޮޑު ޗުއްޓީއަށް ބޮޑު ޑޭޓާ: 50ޖީބީގެ ބޯނަސް ޑޭޓާއާ އެކު 150ރ.އަށް ލިބޭ މި ޕެކާ އެކު ކަސްޓަމަރުންނަށް މިހާރު 150 ޖީބީ ފަސް ދުވަހަށް ލިބޭނެ

މި ޕެކޭޖުތައް އަންނަ މަހުގެ ނިޔަަލަށް ގަނެވޭނެ އެވެ.

އުރީދޫން އެ އޮފާތަކުގެ އިތުރުން ކަސްޓަމަރުންނަށް ދިގު މުއްދަތަކަށް ބޭނުން ކުރެވޭނެ ޑޭޓާ އޮފާތަކެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

      • އާޗާ އަހަރީ ޕްލޭން

މި ޕްލޭން އަކީ 1.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް މުޅި އަހަރަށް 2025ރ. އަށް ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖަށް ޖުމްލަ 550 ޖީބީ ޑޭޓާ ލިބޭނެ އެވެ.

      • އާޗާ 6 މަހުގެ ޕްލޭން

މި ޕްލޭން އަކީ ދުވާލަކަށް 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް 6 މަސް ދުވަހަށް 2025ރ. އަށް ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖަށް ޖުމްލަ 800 ޖީބީ ޑޭޓާ ލިބޭނެ އެވެ.

      • އާޗާ 3 މަހުގެ ޕްލޭން

މި ޕްލޭން އަކީ ދުވާލަކަށް 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް 3 މަސް ދުވަހަށް 1100ރ އަށް ލިބޭ ޕެކޭޖެކެވެ. މި ޕެކޭޖަށް ޖުމްލަ 400 ޖީބީ ޑޭޓާ ލިބޭނެ އެވެ.

ބޮޑު ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އުރީދޫއިން ތައާރަފްކޮށްފައިވާ މި ހާއްސަ އޮފަރތަކަކީ އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލާ، ފިލްމް އަދި ސީރީޒްތައް ސްޓްރީމް ކޮށްލާ، ގޭމު ކުޅެލާ، މެދުކެނޑުމެއްނެތި ފުރިހަމަ އިންޓަނެޓް ގެ ތަޖުރިބާ އެއް ހޯދައިދީ އައު އަހަރާއި ގުޅިގެން ކަސްޓަމަރުންނަށް ފޯރު ކޮށްދިން ހަދިޔާއެކެވެ.

އުރީދޫ މޯލްޑިވްސްއިން އެންމެހައި ބޭފުޅުންނަށްވެސް އުފާވެރި އަދި ބާއްޖަވެރި އައު އަހަރަކަށް އެދެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު