ވިޔަފާރި
އުރީދޫން ހައްޖު ކޯޕަރޭޝަންގައި ކޮންޓެކްޓް ސެންޓަރެއް
އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޒަމާނީ ކޮންޓެކްޓް ސެންޓާ ސޮލިއުޝަން ގާއިމުކޮށްފި އެވެ.

ހައްޖު ކޯޕަރޭޝަމުން ބުނީ މިއީ ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހައްޖާޖީންނާއި އުމްރާވެރިންނާ މެދުނުކެނޑި މުއާމަލާތް ކުރުމާއި، ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށް ދިނުމަށް ގާއިމުކުރި ސެންޓަރެއް ކަމަށެވެ.

މި ސެންޓަރުގެ ހިދުމަތްތަކުގެ ތެރޭގައި ކޯލް ކިއުކުރުމާއި، ސްކިލް ބޭސްޑް ރޫޓިން އާއި ރިއަލް ޓައިމް މޮނިޓަރިން އަދި ކޯލް ރެކޯޑިން ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ހާލިދު ހަމާދީ ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން ހައްޖަށް ދާ ފަރާތްތަކަށް ފުރިހަމަ ގޮތުގައި ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"އެ ފަރާތްތަކަށް ދިމާވާ ތަފާތު ގޮންޖެހުންތައް ދެނެގަނެ، ރިލަބިލިޓީ އާއި ސްކެލެބިލިޓީ ކަށަވަރުކޮށް، ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ގާބިލުކަން އިތުރަށް ހަރުދަނާކޮށް، މުސްތަގުބަލުގައި ތައްޔާރު ކުރެވިފައިވާ ކޮންޓެކްޓް ސެންޓާ ސޮލިއުޝަނެއް އަޅުގަނޑުމެން ފޯރުކޮށްދިނީ. މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫއިން ދައްކުވައިދެނީ ޓްރާންސްފޯމޭޝަން ގެނައުމަށް މަގުފަހިކޮށްދޭ އީޖާދީ ސޮލިއުޝަންތަކާއެކު ރާއްޖޭގެ މުއައްސަސާތައް ބާރުވެރިކުރުވުމަށް އުރީދޫއިން ކުރާ މަސައްކަތް،" އޭނާ ވިދާޅުވި އެވެ.

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ މި އަލަށް ގާއިމުކުރި ކޮންޓެކްޓް ސެންޓަ ސޮލިއުޝަން ގެނައުމަކީ ޙައްޖުވެރިންނަށް މެދުނުކެނޑި، ހަރުދަނާ އަދި ފަސޭހަ ހިދުމަތެއް ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"އުރީދޫއާ ގުޅިގެން އަޅުގަނޑުމެންގެ އަމާޒަކީ އަޅުގަނޑުމެންގެ ހިދުމަތުގެ ސަބަބުން މުޖުތަމައުގެ އިޖުތިމާއީ އަދި ރޫހާނީ ފޭރާން ހަރުދަނާ ކުރުން." އޭނަ ވިދާޅުވި އެވެ.

މި ކޮންޓެކްޓް ސެންޓާ ސޮލިއުޝަން ގެނައުމަކީ ހައްޖުވެރިންނަށް މެދުނުކެނޑި، ހަރުދަނާ އަދި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މި ހައްލަކީ ސުވާލުތަކަށް ވަގުތުން ޖަވާބު ދިނުމުގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން، މުޖުތަމައަށް ފުރިހަމަކަމާއިއެކު ހިދުމަތް ކުރުމުގައި ހިއްސާވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ހައްލެއް ކަމަށް ޝަކީލް ވިދާޅުވި އެވެ.

ވިޔަފާރިތައް ކުރިއެރުމަށާއި އެފިޝަންސީއަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މަގު ފަހިކޮށްދިނުމުގައި އިތުބާރުކުރެވޭ ބައިވެރިއެއްގެ ހައިސިއްޔަތުން މުސްތަގުބަލަށް ތައްޔާރުވެ ތިބުމަށް އުރީދޫއިން ކުރާ މަސައްކަތް ފާހަގަކޮށްލެވެއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު