ވިޔަފާރި
އުރީދޫ ސުޕަނެޓް އެންމެނަށް އަންލިމިޓެޑް
އުރީދޫ މޯލްޑިވްސްގެ ސުޕަނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ގޮތް ހަދައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ ކުރިން އޮތް ލިމިޓުގެ ކަންބޮޑުވުންތަކާއި ދުރުވެ 1ޖީބީޕީއެސްއާ ހަމައަށް ސްޕީޑާއެކު މެދުނުކެޑި ދެން ކަނެކްޓިވިޓީ ލިބޭތީ ހުރިހާ ކަސްޓަމަރުންނަށްވެސް އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

އުރީދޫގެ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފްކުރުމާއެކު އެ ކުންފުނި ވަނީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އެންމެންގެ އަތްފޯރާ ފަށަށް އަންލިމިޓަޑް އިންޓަނެޓް ފޯރުކޮށްދީފަ އެވެ.

އަންލިމިޓަޑް ސުޕަނެޓާއެކު:

  • އެއްވެސް ހުރަހެއް ނެތި މުޅި ދުވަހު ސްޓްރީމް ކުރުން
  • އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅުން
  • ބްރައުޒްކުރުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި އެއްވެސް ހުރަހެއް ނެތި ގުޅާލުން
"ހަގީގަތުގައި ވެސް އަންލިމިޓެޑް ސުޕަނެޓް ޕްލޭންތައް އިތުރު ސްޕީޑްތަކަކާއެކު ތައާރަފްކުރީ ހަމައެކަނި އަޅުގަނޑުމެންގެ އުންމީދުތައް ހާސިލް ކުރާކަށް ނޫން. އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ އިންޓަނެޓު ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެމުން. މި އަޕްގްރޭޑުން ދައްކުވައިދެނީ ރާއްޖޭގެ އެންމެ ރަނގަޅު ނެޓްވޯކްގައި މެދުނުކެނޑި ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް." އުރީދޫން ބުންޏެވެ.

އުރީދޫން ތައާރަފްކޮށްފައިވާ އަންލިމިޓެޑް ސުޕަނެޓް ޕެކޭޖުތަކުގެ މައުލޫމާތުތައް އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު