ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ތައިލެންޑް ސަފީރަކަށް ފުއާދު އައްޔަނުކުރަން ކޮމިޓީން ރުހުން ދީފި
އަލީ ރާޒީ
03 ޑިސެމްބަރ 2024 - 15:22
0
comments
Tweet
Telegram
ތައިލެންޑުގައި ހުންނަވާ ދިވެހި ސަފީރަކަށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ މަހުގެ 23 ގައި އިލެކްޝަންސް ކޮމިޝަންގެ ދައުރު ހަމަވެވަޑައިގެންނެވި ފުއާދު، ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުވާފައިވަނީ 25 ވަނަ ދުވަހު އެވެ.
މިއަދު އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ ތައިލެންޑު ސަފީރުކަމަށް ފުއާދުގެ ޝަރުތު ހަމަވާ ކަމަށެވެ. އެއާއެކު ކޮމިޓީގެ އިއްތިފާގުން، ނުވަ މެންބަރުންގެ ވޯޓާއެކު ފުއާދު އެ މަގާމަށް އައްޔަނުކުރުމަށް ވަނީ ރުހުން ދީފައެވެ.
އީސީގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ އިތުރަށް އެ ކޮމިޝަންގެ މެންބަރު ކަމުގައި ނުހުންނެވޭނެއެވެ. އެހެންކަމުން ދައުރު ހަމަވުމާ އެކު ފުއާދު ޖެހިވަޑައިގަތީ އެ ކޮމިޝަންގެ ވަޒީފާއިން ވަކިވެވަޑައިގަންނަވާށެވެ.
ފުއާދަކީ ސްޓެޓިސްޓިކްސްގެ ދާއިރާއިން ތައުލީމު ހާސިލުކުރެއްވުމަށްފަހު އެކި ދާއިރާތަކުގައި ސަރުކާރަށާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދެ ފަހަރެއްގެ މަތިން އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ފުއާދުވަނީ ކުރައްވާފަ އެވެ. އަދި ވަރަށް އުދަގޫ ހާލަތްތަކުގައިވެސް ވަރަށް ސާބިތުކަމާއެކު ހިދުމަތްކުރެއްވުމުގެ ދިގު ރެކޯޑެއް ފުއާދުގެ އޮވެ އެވެ.
އެގޮތުން ފާއިތުވި ރިޔާސީ އިންތިހާބާއި އޭގެ ކުރިން އެމްޑީޕީގެ ތެރޭގައި އުފެދުނު ނުތަނަވަސްކަމުގެ ތެރެއިން އެ ޕާޓީ ދެފަޅިވެގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަރުހަލާގައި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް އިންތިހާބުގެ ހުރިހާ ކަމެއް އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމުގައި ފުއާދުގެ ދައުރު ވަރަށް ބޮޑެވެ.
އޭގެ ކުރިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އުފެދުނު ދެބަސްވުންތަކާއި އެ ދުވަސްވަރު ކުރިމަތިލައްވަންޖެހުނު ޕްރެޝަރުތަކާއި އެއިރުގެ ސުޕްރީމް ކޯޓުން އޭނާއާމެދު ފިޔަވަޅުއެޅުން ފަދަ ގިނަ ކަންތައްތަކެއް އިލެކްޝަންސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ފުއާދު ތަޖުރިބާކުރެއްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ދުވަސް ކުރިން
0
ބާރުގަދަ ބިންހެލުމާއެކު ތައިލޭންޑާއި މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
4 މަސް ކުރިން
0
ފުއާދަށް ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
4 މަސް ކުރިން
0
ތައިލޭންޑަށް ކަނޑައަޅާ ސަފީރަކަށް ފުއާދުގެ ނަންފުޅު
5 މަސް ކުރިން
0
ޑްރަގް ޓްރެފިކިން މައްސަލައިގައި ބެންކޮކުން ދިވެއްސަކު ހައްޔަރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ އިސްތިހާރުކުރުމަށް ލިވަޕޫލާއެކު ކުރިއަށްގެންދާ ކެމްޕެއިން ފެށުމަށް ރައީސް އިނގިރޭސިވިލާތަށް
10 ގަޑިއިރު ކުރިން
0
ގައުމީ ސަލާމަތާގުޅޭ މަޝްރޫއުތަކަށް ކުރާ އިންވެސްޓްމަންޓް 100 މިލިއަން ޑޮލަރަށް ބޮޑުކޮށްފި
15 ގަޑިއިރު ކުރިން
0
ހޯރަފުށި ސިއްހީ މަރުކަޒުން ކުއްޖަކަށް ނުބައި ވެކްސިނެއް ދިން މައްސަލައެއް
16 ގަޑިއިރު ކުރިން
0
މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރަން ގޮވާލާ ޕެޓިޝަނެއް
18 ގަޑިއިރު ކުރިން
0