ބާރުގަދަ ބިންހެލުމާއެކު ތައިލޭންޑާއި މިޔަންމާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
ހަސަން ހަލީމް
28 މާޗް 2025 - 17:11
0 comments
ތައިލެންޑަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އިމާރާތްތައް ވެއްޓިފައި.
މިއަންމާއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ. މި ބިންހެލުމުގެ ލޮންޅުންތައް އަވައްޓެރި ބައެއް ގައުމުތަކަށް -- ޚާއްސަކޮށް ތައިލޭންޑަށް އަރައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ތައިލެންޑާއި މިޔަންމާގައި ވެސް ކުއްލި ހާލަތު އިއުލާނު ކޮށްފައި ވާތީ، އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް އަމަލު ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކުރި އެވެމި ކާރިސާއާ ގުޅިގެން، ތައިލެންޑުގައި ތިބި ދިވެހިންގެ ތެރެއިން އެއްވެސް އެހީތެރިކަމެއް ބޭނުންވާ މީހުން ނުވަތަ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުން ނަމަ އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ދިވެހި ސަރުކާރުން އެދެ އެވެ.މިޔަންމާގައި މިވަގުތު އެއްވެސް ދިވެއްސަކު އުޅޭ ނަމަ އަދި އެއްވެސް އެހީތެރިކަމެއް ބޭނުން ނަމަ ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+ ގުޅުމަށް ފޮރިން މިނިސްޓްރީން އެދެ އެވެ. މިނިސްޓްރީ ހޮޓްލައިން ނަންބަރަކީ 9607983400+ އެވެ.މަންޒަރު ދުށް މީހުން ބުނާ ގޮތުން މިއަންމާގައި އެތައް އިމާރާތެއް ބިމާހަމަވި އެވެ. އަދި ބިންގަޑު ކަނޑައިގެން ގޮސް، ތާރު މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެެދިފައި ހުރި ކަމަށް އޭއެފްޕީން ވަނީ ރިޕޯޓްކޮށްފަ އެވެ.
މިއަންމާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ގައުމުގެ މެދުތެރެއަށް ކަމަށް ޚަބަރުތައް ބުނެ އެވެ. ލިބިފައި ހުރި ގެއްލުންތަކުގެ ގެރޭގައި، އިރާމާތްތަކަށް ލިބުނު ގެއްލުންތަކުގެ އިތުރުން މުވާސަލާތީ އެންޓަނާތައް ބިނދި، ވަނީ ބިމަށް ވެއްޓިފަ އެވެ.
މި ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބިފައި ވަނީ ބިނާރަކަށެވެ. ބިންހެލުމުގައި އެރި ލޮޅުމުގެ ސަބަބުން ބަޔަކަށް ޒަޚަމްތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކު މަރުވިކަން އަދި ސާފެއް ނުވެ އެވެ.
ބެންކޮކުގެ ބައެއް އިމާރާތްތައް ވެއްޓި, އެ އިމާރާތްތަކުގެ ދަށުގައި މީހުން ތާށިވެފައިވާ ކަމަށް ވެސް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ. މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި ސާފެއް ނުވެއެވެ.މި ބެންހެލުމާ ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online