ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އުރީދޫ އެމްފައިސާގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށަށް
އަހުމަދު ނިހާން
17 ޑިސެމްބަރ 2024 - 13:22
0
comments
Tweet
Telegram
އުރީދޫ މޯލްޑިވްސްގެ އީ-ވޮލެޓު، 'އެމް-ފައިސާ'ގެ ހިދުމަތް ދިނުމަށް އުފެއްދި ސަބްސިޑަރީ ކުންފުނި ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ %100 ހިއްސާ އޯއެފްޓީ އިންޓަނޭޝަނަލްއަށް ވިއްކައި ބަދަލު ކުރުމަށް ރޭ ފާސްކޮށްފި އެވެ.
ޓެކްފިން މޯލްޑިވްސްގެ 100 ޕަސެންޓު ހިއްސާ ބަދަލުކުރަން ނިންމައި އެ ކުންފުނީގެ ހިއްސާދާރުން އެކަން ފާސްކުރީ އުރީދޫ މޯލްޑިވްސްއިން ބޭއްވި އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިން (އީޖީއެމް)ގަ އެވެ. ޓެކްފިން މޯލްޑިވްސްގެ ހިއްސާ ބަދަލުކުރި އޯއެފްޓީ އަކީ އުރީދޫ ގްރޫޕުގެ ދަށުން ހިންގާ ކުންފުންޏެކެވެ.
އުރީދޫން ބުނީ އޯއެފްޓީ އަކީ ފައިނޭންޝަލް ޓެކްނޮލަޖީގެ ގިނަ ތަޖުރިބާ އާއި ވަސީލަތްތައް ހުރި ކުންފުންޏަކަށް ވާތީ، މިއީ ޓެކްފިން ހިދުމަތްތައް ދިނުމަށް އުރީދޫ ގްރޫޕުގެ ކުންފުނިތަކުން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިތަކަށް ވެސް އެންމެ ފައިދާވާނެ ގޮތް ކަމަށެވެ.
އުރީދޫއިން ބުނީ ޓެކްފިންގެ ދަށަށް އެމް-ފައިސާ ގެނައީ ކަސްޓަމަރުންނަށް މާލީ ހިދުމަތުގެ ދާއިރާއިން ދެމެހެއްޓިނިވި ގޮތެއްގައި ހިދުމަތްތައް ދިނުމުގެ ގޮތުން ކަމަށެވެ.
އަންނަ ޖެނުއަރީ 1، އިން ފެށިގެން އެމް-ފައިސާގެ ހިދުމަތްތައް ލިބޭނީ ޓެކްފިންގެ ދަށުންކަން ފާހަގަކޮށް އުރީދޫއިން ބުނީ ކަސްޓަމަރުންގެ ހުރިހާ ޑޭޓާ އަދި މައުލޫމާތުތަކެއް ޓެކްފިންއަށް ބަދަލު ކުރާނެ ކަމަށެވެ.
މި ބަދަލާ އެކު އެމް-ފައިސާގެ ހިދުމަތްތައް ދޭނީ ޓެކްފިން މޯލްޑިވްސްގެ ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޕޭމަންޓް ސާވިސް ޕްރޮވައިޑާ (ޕީއެސްޕީ) ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
16 ގަޑިއިރު ކުރިން
0
އުރީދޫއިން 3.43 ރުފިޔާ އެ ކުންފުނީގެ ހިއްސާތަކަށް ބަހަނީ
8 ދުވަސް ކުރިން
0
އުރީދޫގެ އެހީގައި ހުޅުމާލެ ގްރޭންޑް މިސްކިތް އާބާތުރަ ފިލުވުމަށްފަހު ހުޅުވައިފި
12 ދުވަސް ކުރިން
0
އުރީދޫއާއެކު މި ރޯދަމަހު ކަރާ ފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލްއެއް
16 ދުވަސް ކުރިން
0
އުރީދޫ ނޭޝަން ގޭމާސް ލޭންޑް ފެސްޓިވަލް ނިންމާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގައުމީ ސަލާމަތާ ގުޅުން ހުރި ހާއްސަ އޮޕަރޭޝަނެއް މިރޭ މާލޭގައި ކުރިއަށް!
10 ގަޑިއިރު ކުރިން
0
32 ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރަން ވެމްކޯއަށް
10 ގަޑިއިރު ކުރިން
0
ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝަމްއާ އައްޔަންކޮށްފި
16 ގަޑިއިރު ކުރިން
0
އުރީދޫއިން 3.43 ރުފިޔާ އެ ކުންފުނީގެ ހިއްސާތަކަށް ބަހަނީ
16 ގަޑިއިރު ކުރިން
0