ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
32 ރަށެއްގެ ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރަން ވެމްކޯއަށް
އިސްމާއިލް ރިޒާ
11 މާޗް 2025 - 01:24
0
comments
Tweet
Telegram
ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރާ ވަޞީލަތްތަކާއި އެކަމަށް ބޭނުންވާ އިމާރާތްތައް 32 ރަށެއްގައި އެޅުމުގެ މަސައްކަތް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން، ވެމްކޯއާ ހަވާލުކޮށްފި އެވެ.
ކުނި މެނޭޖު ކުރާ މަރުކަޒުތަކެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، މުޖުތަބާ ޖަލީލް އެވެ. ސަރުކާރުގެ ފަރާތުން ސޮއިކުރީ އެންވަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރު، ތޯރިގު އިބްރާހިމް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖްތަބާ ޖަލީލް ވިދާޅުވީ އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ރަށްރަށް ހިމެނޭ ސަރަހައްދުގައި ޤާއިމުވެގެން ތިބޭ ވެމްކޯގެ މުވައްޒަފުން ކަމަށެވެ. އެހެންކަމުން ބޭރުގެ ބަޔަކަށް މަސައްކަތް ހަވާލުކުރަން ނުޖެހި، ޚަރަދު ކުޑަކޮށް މަސައްކަތް ކުރިއަށްގެންދެވޭނެކަމަށް މުޖްތަބާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުނި މެނޭޖްކުރަން އިމާރާތްތައްވެސް މި ހަދަނީ. އެހެންވީމަ އަޅުގަނޑުމެންގެ މުވައްޒަފުންނަށް އެނގޭނެ އެ ރަށެއްގައި ކުނި މެނޭޖްކުރަން އެންމެ ފަސޭހަ ތަނަވަސް ގޮތަށް އިމާރާތް ހަދަން. އަދި އަޕްގްރޭޑްކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަން." މުޖްތަބާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން އަރބަން ސެންޓަރުތައް ޤާއިމްކުރާ ހުރިހާ ރަށަކާއި އަތޮޅު ވެރިކަންކުރާ ހުރިހާ ރަށެއްގައި ވެމްކޯގެ ޚިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފެށުން ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށޭނެ ކުނި މެނޭޖުކުރާނެ ނިޒާމާއި ވަސީލަތްތައް މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާނު ކުރައްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
26 ދުވަސް ކުރިން
0
ފޮޅައި ސާފު ކުރަން ވެމްކޯއިން ސަރުކާރުގެ ހަތަރު އޮފީހަކާއެކު ސޮއިކޮށްފި
2 މަސް ކުރިން
0
ކުނި މެނޭޖްކުރުމުގެ މަޝްރޫޢު ރައީސް ބައްލަވާލައްވައިފި
2 މަސް ކުރިން
0
75 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި
2 މަސް ކުރިން
0
ނާސިފް އެޗްޑީސީން ވަކިކޮށް، ވެމްކޯގެ ޗެއާމަނަކަށް ބަދަލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދުންފަތް ކޮންޓްރޯލްކުރުމަށް ޖެނެރޭޝަނަލް ބޭން ގެނައުމުގެ ބިލު ފާސްކުރައްވައިފި
12 މިނެޓް ކުރިން
0
ބްރޯކޮމްގެ މެންބަރަކަށް ރިލްވާން އަށް ރުހުންދީފި
17 މިނެޓް ކުރިން
0
ހުޅުމާލެއިން ގިނަ އަދަދެއްގެ ބަނގުރަލާއެކު ދިވެއްސަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން
0
ޔުމްނު ވެއްޓުނު ހާދިސާގެ ތަހުގީގުގައި ފުލުހުންގެ ގޯހެއް ނެތް: އިހުސާން
3 ގަޑިއިރު ކުރިން
0