75 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ހަދަން ހަވާލުކޮށްފި
އަލީ ރާޒީ
16 މާޗް 2025 - 11:28
0 comments
ކުނި މެނޭޖްކުރާ މަރުކަޒު ހަދަން ފެނަކައާ އެކު ހެދި އެއްބަސްވުމުގައި ސޮއިކުރުނީ
އަތޮޅު ތެރޭގެ 75 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ހެދުމަށާއި ބައެއް ރަށްރަށުގެ މަރުކަޒުތައް މަރާމާތުގެ ކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ މަޝްރޫއުތައް އެމްްޓީސީސީ އާއި ފެނަކަ އަދި އާރުޑީސީއާ ހަވާލުކޮށްފައި ވަނީ ޓޫރިޒަމް އެންޑް އެންވަޔަރްމެންޓް މިނިސްޓްރީން ކުރިއަށް ގެންދާ "މަގޭ ސާފު ރާއްޖެ ޕްރޮގްރާމު" ގެ ދަށުންނެވެ.މަސައްކަތް ހަވާލުކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ރައްކާތެރިކަމާ އެކު ކުނި މެނޭޖްކުރުމަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އެކަމުގެ ސަބަބުން ލޯކަލް ޓޫރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.މިނިސްޓްރީން ވަނީ މިދިޔަ ހަފްތާގައި ވެސް 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމަށް ވެމްކޯއާ ހަވާލުކޮށްފަ އެވެ.އިއްޔެ ބޭއްވި ރަސްމިއްުޔާތެއްގައި 75 ރަށެއްގެ އެ މަޝްރޫއުތައް ހަވާލުކުރި އިރު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 26 ރަށެއްގައި ކުރިއަށްދާ މަޝްރޫއު އަޕްގްރޭޑުކުރާށެވެ. އަދި ފެނަކައާ ހަވާލުކޮށްފައި ވަނީ 22 ރަށެއްގައި ހިނގަމުންދާ މަޝްރޫއު އަޕްގްރޭޑްކުރުމާއި ތިން ރަށެއްގައި މުޅިން އަލަށް އެ ހިދުމަތް ފެށުމަށެވެ.މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށޭނަ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.އެގޮތުން އެ މަގުސަދު ހާސިލުކުރުމަށް 34 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ހެދުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާ ވެސް މިދިޔަ ހަފްތާ ތެރޭ ހަވާލުކޮށްފައިވެ އެވެ. އަދި މިހާރު ކުނި އުކާލައި ނައްތާލުމަށް ބޭނުންވާ އާލާތްތަކާއި ކުނި އުފުލާނެ އުޅަނދުތައް، މިހާރު އެފަދަ ތަކެތި ނެތް ރަށްރަށަށް މި އަހަރުގެ ތެރޭގައި ފޯރުކޮށްދޭނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކިޔުންތެރިންގެ ޝުއޫރު