ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
ތިލަ އުތުރު ވޮލީބޯޅަ މުބާރާތް މި މަހު 23 ގައި ހޯރަފުށީގައި ފަށަނީ
އިސްމާއިލް ރިޒާ
13 މެއި 2025 - 15:45
0
comments
Tweet
Telegram
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އަތޮޅުގެ ރަށްތަކުގެ އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ތިލައުތުރު ވޮލީ މުބާރާތް 2025" މި މަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މި މުބާރާތް ހޯސްޓް ކުރަނީ ހއ. ހޯރަފުށީގައި އެވެ.
"ތިލައުތުރު ވޮލީ މުބާރާތް 2025" ހޯރަފުށީގައި ހޯސްޓް ކުރަން ހަމަޖެހުމާއި ގުޅިގެން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު "ހޯރަ" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މި މުބާރާތް ހޯރަފުށީގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހޯރަފުއްޓަކީ ޒަމާނުންސުރެ ވޮލީއަށް ޝައުގުވެރިވާ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށްވުުން ކަމަށެވެ.
ވަހީދު ވިދާޅުވީ ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތްތަކުގައާއި، އަތޮޅު ފެންވަރުގެ މުބާރާތް ތަކުގައި ހޯރަފުށީހެ ޓީމްތައް ވާދަކޮށް އެކަށީގެންވާ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވުމާއި ކުޅިވަރާއި ކަސްރަތުގެ ތެރެއިން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދިރުވާ އާލާކޮށް ބަދަހި ކުރުމާއި ހއ. އަތޮޅުގެ ރަށްތަކުގެ ގުޅުންތެރިކަން ބަދަހި ކުރުމުގެ ބޭނުމަކީ ވެސް މި މުބާރާތް ހޯރަފުށީގައި ހޯސްޓް ކުރާ ސަބަބެއްކަމަށެވެ
"ހާއްސަކޮށް އަތޮޅު ފެންވަރުގައި މުބާރާތެއް ހޯރަފުށީގައި ނުބޭއްވި ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން ކުޅިވަރަށް ޝައުގުވެރިވާ ޒުވާނުންނާ، ކަނބަލުން، ރައްޔިތުން، ކައުންސިލް މެމްބަރުން ހއ. އަތޮޅު ވޮލީބޯޅަ މުބާރާތް ހޯރަފުށީގައި ބާއްވާ ދިނުމަށް އެދި ރަށުގެ ކައުންސިލަށް ހުށައެޅަމުން ގެންދިއުމަކީ ވެސް މި މުބާރާތް ހޯރަފުށީގައި ބޭއްވުމަށް ބޭނުންވި މަގްސަދެއް" ވަހީދު ވިދާޅުވި އެވެ
ވަހީދު އިތުރަށް ވިދާޅުވީ މިފަދަ މުބާރާތްތައް ރަށްފުށުގައި އިންތިޒާމް ކުރުމުގެ ފުރިހަމަ ނަމޫނާ ދެއްކުމަކީ ރަށުކައުންސިލްގެ މައިގަނޑު އަމާޒު ކަމަށެވެ.
"ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ.
ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ.
"ތިލައުތުރު ވޮލީ މުބާރާތް 2025"
ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ދުވަސް ކުރިން
0
ހޯރަފުށި އެއާޕޯޓް ޓާމިނަލްގެ ޓޭޕް އަޅައިގެން ހިފެހެއްޓި މުށިތައް ރަނގަޅުކޮށްފި
29 ދުވަސް ކުރިން
0
މަޑުލު ވަހީދަކީ ބަހުގެ އެކި ދާއިރާތަކަށް ހިދުމަތްކުރެއްވި އުފެއްދުންތެރި އަދީބެއް: ރައީސް
29 ދުވަސް ކުރިން
0
މަޝްހޫރު ލިޔުންތެރިއާ މަޑުލު ވަހީދު އަވަހާރަވެއްޖެ
1 މަސް ކުރިން
0
ސިހުރު ހަދާކަމުގެ ތުހުމަތުގައި ހޯރަފުށިން މީހަކު ހައްޔަރުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
50%
0%
0%
50%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފަނޑިޔާރުން ވަކިކުރާ މައްސަލަ ޖޭއެސްސީއިން ބެލީ ގާނޫނާ ހިލާފަށް: ފިލްޒާ
47 މިނެޓް ކުރިން
0
އެމްޓީސީސީން ކުޑަގިރިއަށް ފެރީ ދަތުރުތައް ފަށައިިފި
2 ގަޑިއިރު ކުރިން
0
އަޒްމިރަލްދާއާއި މަހާޒް ވަކިކުރަން އުޅޭގޮތުން އެޗްއާރްސީއެމް ކަންބޮޑުވެއްޖެ
2 ގަޑިއިރު ކުރިން
0
ވިނަރެސްގެ ޓަވަރެއްގައި އެޗްޑީސީގެ އޮފީހެއް ހުޅުވައިފި
4 ގަޑިއިރު ކުރިން
0