ވިޔަފާރި
އެމްޓީސީސީން ކުޑަގިރިއަށް ފެރީ ދަތުރުތައް ފަށައިިފި
ކުޑަގިރިއަށް އެމްޓީސީސީން ފެރީ ދަތުރުތައް ފަށައިފި -- ފޮޓޯ/ އެޗްޑީސީ
މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް އެމްޓީސީސީން ފެރީ ދަތުރުތައް އިއްޔެ ފަށައިފި އެވެ.

އެމްޓީސީސީން ބުނީ، ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ މީހުންނަށް ވީހާ ވެސް ލުއިފަސޭހަކޮށް އިންތިޒާމުތައް ހަމަޖެހުއްސުމަށް ގެނައި މި ބަދަލާއެކު، މިހާރު އެމްޓީސީސީގެ ވެބްސައިޓް މެދުވެރިކޮށް މާލެއިން ކުޑަގިރިއަށް ދިއުމަށް ފެރީ ބުކް ކުރެވޭނެ ކަމަށެވެ.

މި ދަތުރުތައް ފަށާފައިވަނީ 140 މީހުންގެ ޖާގައިގެ ފެރީއަކާ އެކު އެވެ.

މި ދަތުރުތައް އޮންނާނީ ކޮންމެ ހުކުރު އަދި ހޮނިހިރެއްގަ އެވެ. މި ހިދުމަތް ފެށިއިރު، މާލެ އާއި ކުޑަގިރިއާ ދެމެދު އެ ތަނުން ކޮންމެ ދުވަހަކު ހަ ދަތުރު ކުރާނެ އެވެ.

އެމްޓީސީސީ ފެރީ ޝެޑިއުލް

މާލެއިން ކުޑަގިރިއަށް ދަތުރުތައް އޮންނަ ގަޑިތައް: 06:30، 08:00، 09:30

ކުޑަގިރިން މާލެއަށް: 16:00، 17:30، 19:00

އެ ދަތުރުތަކަށް ކޮޅަކަށް 50 ރުފިޔާ ނަގާއިރު ދަތުރުގެ ދިގުމިނަކީ 35 މިނެޓެވެ.

ކުޑަގިރި ހިންގާ އެޗްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފައެވެ.

އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމަރ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު