މަޑުލު ވަހީދަކީ ބަހުގެ އެކި ދާއިރާތަކަށް ހިދުމަތްކުރެއްވި އުފެއްދުންތެރި އަދީބެއް: ރައީސް
ހަސަން ހަލީމް
14 އޭޕްރީލް 2025 - 12:57
0 comments

ދިބެހި އަދަބިއްޔާތަށް މަޑުލު މުހައްމަދު ވަހީދު ބައި ގަރުނަށް ވުރެ ގިނަ މުއްދަތަކަށް ކޮށްދެއްވި ހިދުމަތުގެ ޒިކުރާ ފަނޑުވުމެއް ނެތި ދެމި ހުންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާއެކުގައި ކަމަށެވެ.
މަރުޙޫމް މަޑުލު މުޙައްމަދު ވަހީދަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހު ދުށް ކުޅަދާނަ ލިޔުންތެރިއެއް، ތަރުޖަމާކުރުންތެރިއެއްގެ އިތުރުން ދިވެހިބަހުގެ އަދީބެެއް ކަމަށެވެ. އަދި އޭނާއަކީ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ހިދުމަތުގައި ދެމި ހުންނެވި ފަރުވާތެރި ހިދުމަތްތެރިއެއްކަމަށްވެސް ރައީސް ވިދާޅުވި އެވެ. ދިވެހި ބަސް ކުރިއަރުވަން ކުރެއްވި ހިދުމަތަށް ސަރުކާރުން ވަނީ، ލިޔުންތެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1985 ވަނަ އަހަރު އޭނާއަށް ދެއްވައިފަ އެވެ. އޭގެ ފަހުން، ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވެސް އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދެއްވި އެވެ. ނޫސްވެރިކަމުގެ ހިދުމަތަށް އަލިމަސް ގަލަން ލިބިވަޑައިގެންނެވި އެވެ.ވަހީދުގެ މައްޗަށް ކަށުނަމާދު ކުރަން ހަމަޖައްސާފައިވަނީ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަ އެވެ. މައްޔިތާއަށް ޒިޔާރަތްކުރުން 11 އިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online