ވިޔަފާރި
ހިލޭ އިހި ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި
ކުކުޅު ފިހާރަ އިން ހިލޭ "އިހި ކޭހެއް" ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މިއަދު ފެށި މި ޕްރޮމޯޝަނާއި ގުޅޭ ގޮތުން ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، އެ ފިހާރައިން ގަންނަ ކޮންމެ 10 އިހި ކޭހަކުން އެއް ކޭސް ހިލޭ ލިބޭނެ ކަމަށެވެ.

ގަނޑުކުރި ކުކުޅުގެ އިތުރުން އެ ފިހާރައިން ކޮށި ކުކުޅު، ކުކުޅުފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީ ފުޑް، ސޮސެޖް، ޓާކީ، އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒްގެ އެކި ބާވަތްތައް ވެސް ހެޔޮ އަގުގައި ލިބެން ހުރެ އެވެ.

ކުކުޅު ފިހާރައިން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ސަޕްލައި ކުރާތީ ކޮލިޓީ އަދި ފްރެޝް ސާމާނު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަން ދެއެވެ. އަދި އަތޮޅު ތެރޭގެ 90 ޕަސެންޓް ރަށްތަކަށް ވެސް ސަޕްލައި ކުރަނީ ކުކުޅު ފިހާރައިން ނެވެ.

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ.

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު