ޚަބަރު
ހިލޭ ބޯންލެސް ޗިކަން ކޭހެއް ލިބޭ ޕްރޮމޯޝަނެއް ކުކުޅު ފިހާރައިން ފަށައިފި
"ކުކުޅު ފިހާރަ" އިން ހިލޭ ބޯންލެސް ޗިކަން ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ކުކުޅު ފިހާރައިން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ސަޕްލައި ކުރާތީ ކޮލިޓީ އަދި ފްރެޝް ސާމާނު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަން ދެއެވެ. އަދި އަތޮޅު ތެރޭގެ 90 ޕަސެންޓް ރަށްތަކަށް ވެސް ސަޕްލައި ކުރަނީ ކުކުޅު ފިހާރައިން ނެވެ. 

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ.  

ކުކުޅު ފިހާރައިން ބުނީ، އެ ފިހާރައިން ބޯންލެސް ޗިކަންގެ 4 ސައިޒެއް ވިއްކަމުންދާ ކަމަށެވެ. އެގޮތުން 450ގ، 1 ކިލޯ، 2 ކިލޯ، އަދި 2.5 ކިލޯގެ ކޭސް ވެސް ލިބެން ހުންނާނެ ކަމަށެވެ.

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ. ނިމުނު ރޯދަ މަހުވެސް އެފިހާރައިން ވަނީ ގިނަ މުދާ އަގުހެޔޮށް ދޫކޮށްފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު