ވިޔަފާރި
ކުކުޅު ފިހާރައިން ތަންދޫރީ ޗިކަން ޓިއްކާ ބާޒާރަށް ނެރެފި
ތައްޔާރުކޮށްލަން ފަސޭހަ އަނގަޔަށް މީރު ތަންދޫރީ ޗިކަން ޓިއްކާ ކުކުޅު ފިހާރައިން ބާޒާރަށް ނެރެފި އެވެ.

ފިނިކުރި ކާބޯތަކެތި ރާއްޖެ އެތެރެކޮށް ފުޅާ ދާއިރާއެއްގައި ވިއްކާ ކުކުޅު ފިހާރައިން އަބަދުވެސް ރާއްޖޭގެ ބާޒާރަށް ތަފާތު އާ އުފެއްދުންތައް ތައާރަފުކުރެ އެވެ. އަދި އެތަކެތި ދިވެހިންނަށް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމްތައް ހަމަޖައްސަ އެވެ. 

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރު މާޝިތާ އާދަމް ވިދާޅުވީ، އެ ފިހާރައިން ބާޒާރަށް ނެރުނު ތަންދޫރީ ޗިކަން ޓިއްކާއަކީ ފަސޭހައިން ތައްުޔާރުކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ މީރު އުފެއްދުމެއް ކަމަށެވެ.

އަދި ތަންދޫރީ ޗިކަން ޓިއްކާގެ ހިމެނޭ 240ގ. 20 ޕެކެޓް ހިމެނޭ ކޭހެއް 980ރ. އަަށް އެ ފިހާރައިން ލިބޭނެ ކަމަށް މާޝިތާ ވިދާޅުވި އެވެ.

ކުކުޅު ފިހާރައިން ރާއްޖޭގެ ރިސޯޓްތަކަށް ވެސް ސަޕްލައި ކުރާތީ ކޮލިޓީ އަދި ފްރެޝް ސާމާނު ފޯރުކޮށްދިނުމަށް އަބަދުވެސް އިސްކަން ދެއެވެ. އަދި އަތޮޅު ތެރޭގެ 88 ޕަސެންޓް ރަށްތަކަށް ވެސް ސަޕްލައި ކުރަނީ ކުކުޅު ފިހާރައިން ނެވެ. 

މީގެ އިތުރުން ރަށްރަށުގެ ވިޔަފާރިވެރިން ގަނޑުކޮށް މުދާ ގަންނަ ނަމަ އެ ވިޔަފާރިވެރިޔަކު ބުނާ ބޯޓަކަށް މުދާ ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް ދެއެވެ.  

ކުކުޅު ފިހާރައިން ރާއްޖެއަށް އަލަށް ތައާރަފު ކުރާ އުފެއްދުންތަކާއި އެ ކުންފުނިން ހިންގާ ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު ކުކުޅު ފިހާރަ ފޭސްބުކް ޕޭޖުން / 9986575 ލިބޭނެ އެވެ. މި ނިމޭ ރޯދަ މަހު އެފިހާރައިން ވަނީ ގިނަ މުދާ އަގުހެޔޮށް ދޫކޮށްފަ އެވެ.    



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު