މަޝްހޫރު ލިޔުންތެރިއާ މަޑުލު ވަހީދު އަވަހާރަވެއްޖެ
މަރިޔަމް އަނާ
14 އޭޕްރީލް 2025 - 08:57
0 comments
މަޑުލު ވަހީދު ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަނީ.
ދިވެހި ލިޔުންތެރިޔާ އަދި ދިވެހި އަދަބިއްޔަތަށާއި ނޫސްވެރިކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުހައްމަދު ވަހީދު މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 77 އަހަރުގައި މަޑުލު ވަހީދު އަވަހާރަވީ އާލާސްކަންފުޅަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުންނެވެ.މަޑުލު މުޙައްމަދު ވަހީދު ސަރުކާރަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 17 ޑިސެންބަރު 1966 ގައެވެ. ފުރަތަމަ އަދާކުރެއްވީ ވުޒާރަތުއްތިޖާރާ (ށ)ގެ އިނގިރޭސި ކާތިބުކަމެވެ. ސަރުކާރުގެ ހިދުމަތުގައި ވަހީދު 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވެ އެވެ. މަޑުލު މުޙައްމަދު ވަޙީދަށް ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން 1985 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި ކުރު ވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު ވަނީ އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފަ އެވެ. އަދި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އަލިމަސް ގަލަންވެސް ލިބިވަޑައިގެންފައިވެ އެވެ. މީގެއިތުރުން، ބައިނަލްއަގްވާމީ ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފުރަތަމަ ފާހަގަކުރެވުނު އަހަރު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހުޅުއްވައިލެއްވި ފޮތް ލިޔުމުގެ މުބާރާތުން ވަނީ އެއްވަނަ ހޯއްދަވާފަ އެވެ.މަޑުލު މުހައްމަދު ވަހީދަކީ ދައުލަތުގެ މީޑިއާ އެންމެ ފުރަތަމަ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ވެސްމެ އެވެ. އަދި އެންމެފަހުން އަދާކުރެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މުޝީރުކަމުގެ މަގާމެވެ.
ކިޔުންތެރިންގެ ޝުއޫރު