
ތިމަންނާ ހޮވައިދީފިނަ ކޮށްދޭނެ ވައުދުތަކާއި ސަރުކާރުން ދައްކާ މީހާ ހޮވައިދިނީމާ ކޮށްދޭން ހުރި ވައުދު ލިސްޓްތައް ލައްކަ ގިނައެވެ. ސަރުކާރަށް 16 މަސް ވެގެންދާއިރު އަދި މަޖިލިސް އިންތިހާބުން ރައްޔިތުން ދިން ވޯޓުގެ މުގާބިލުގައި ވީ ވައުތައް އަދި ހުރީ "ރޮލަށެވެ"ވައުދު ވުމަކީ ސަމާސާއަކަށް ބަޔަކު މިއަދު ހަދައިފި އެވެ. އަދި އިންތިހާބުވި މީހުން ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ވައުދު ލިސްޓް ނަނގާލީ ޑަސްބިނަށެވެ. އަދި ބައެއް ވައުދަކީ މީހަކު ބުނެގެން މީހަކަށް ވީ ވައުދުކަމަށް ބުނެ ވެސް އެކަމުން އަންނަނީ ބޯދަމައިގަންނަމުން ނެވެ. އަދި ވައުދު ފުއްދަން ޖެހޭނީ އިންތިހާބުވި މީހާ ކަމަށް ބުނެ ސަރުކާރުގެ ވެރިން މިއަދު ރައްޔިތުންނަށް ފިއްލަވާއިފި އެވެ. ލިބޭ ޗުއްޓީއެއްގައި ދާއިރާ އަށް އައުން ވެސް މަދު ވެއްޖެ އެވެ.ނިމުނު މަޖިލިސް އިންތިހާބުގައި ސަރުކާރު ފަޅިން ނިކުންނެވި މެންބަރު ވިދާޅުވެފައިވަނީ އެއީ "އުންމީދީ ބަދަލު" ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ވޯޓަށް އެދި ވީ ވައުދުތައް އަދި ހުރީ މަތާރަންފިލާ މަތީ އެވެ. އުންމީދީ ބަދަލު ނާ އުންމީދުވީ އެވެ. ރޯދަމަސް ވުމުން ހަދާނަށް އަންނަނީ "ދީންވެރި މުޖުތަމައެއް ބިނާކުރަން" ހޯރަފުށި ދާއިރާގެ ތިންރަށަށް ވީ ވައުދުތަކުގެ މަތިން ނެވެ. ސަރުކާރު ލިބުނު ފަހުން ދެ ރޯދަ މަސް ނިމެނީ އެވެ. ހޯރަފުށި ދާއިރާއިން ވޯޓު ހޯދަން ވީ ވައުދުތައް މިހުރީ އެވެ. އަދި ހިލަމެއް ނެތެވެ. ވައުދު ފުއްދަން މަސައްކަތް ކުރައްވާ ތަނެއް ވެސް ނުފެނެ އެވެ.