ޚަބަރު
ހަލީލް ހޯރަފުއްޓަށް ވި ވައުދުން ރެކިގެންފި، ވިދާޅުވީ ވައުދު ތަންފީޒު ކުރައްވާނީ މެމްބަރު ކަމަށް..!
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ހަލީލު - ފޮޓޯ: ރައީސް އޮފީސް
ނިމުނު ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލް ވި ވައުދުތަކުން އޭނާ ރެކިގެންފި އެވެ.

ހަލީލް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ނުފުއްދި ގިނަ ދުވަސްތަކެއް ވެފައިވާ އެ ވައުދުތަކާއި ގުޅޭގޮތުން "ހޯރަ" އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ މިހިނގާ ދައުރުގައި، ހޯރަފުށީ ދާއިރާގެ މަޖިލީސް މެމްބަރަކަށް، ރައްޔިތުން ވޯޓް ދެއްވައިގެން އިންތިހާބުވެވަޑައިގަތީ އަލީ މޫސަ ކަމަށާއި ކެމްޕެއިންތަކުގައި ދެކެވޭ ވާހަކަތަކުގެ ރެކޯޑްތަކާއި، ވައުދުތަކުގެ ރެކޯޑްތައް ބަލަހަށްޓަވާ، ވައުދު ފުއްދުމުގެ ޕްލޭން ރާއްވަވާ، ތަންފީޒު ކުރައްވާނީ، އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓް ނުވަތަ މެމްބަރު ކަމަށެވެ.

"މެމްބަރ އަލީ މޫސަ އެކަން ކުރިއަށް ގެންދަވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ." ހަލީލް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގެ ކެންޕެއިން އަށް ހޯރަފުއްޓަށް ވަޑައިގެން ބޭއްވި އެއްވުމެއްގައި ހަލީލް ވިދާޅުވީ އޭނާގެ ވަރަށް ގާތް ރަހްމަތްތެރިއަކު ގުޅުއްވާ ރައީސް ޑރ. މުއިއްޒު ދެއްކެވި ކެންޑިޑޭޓް ހޯރަފުށީ ދާއިރާއިން ހޮވިއްޖެ ނަމަ ގިނަ ކަންތައްތަކެއް ހޯރަފުއްޓަށް ވުމަށް އޭނާ އެދޭ ކަމަށް ހަލީލް އަރިހުގައި ވިދާޅުވި ކަމަށެވެ.


ޗަމްޕާ މުހައްމަދު މޫސާ ވިދާޅުވި ކަމަށް ބުނެ އެ ޖަލްސާގައި ހަލީލް ހޯރަފުއްޓަށް ވަނީ ގިނަ ވައުދުތަކެއް ވެފަ އެވެ. އެގޮތުން:

  • އަލީ މޫސާ ހޮވުމުން ހޯރަފުށީގައި ހުރި އައިސްޕްލާންޓް މަސައްކަތް ހުއްޓިފައި ހުރުމުން ހޯރަފުށީގައި އާ އައިސް ޕްލާޓެއް ގާއިމުކޮށްދިނުން

  • އަލީ މޫސާ ހޮވުމުން ހޭންޑް ބޯޅަ އަދި ބަށި ބޯޅަ ކުޅެވޭ ގޮތައް އެންމެ ޒަމާނީ ބަށި ކޯޓެއް ގާއިމުކޮށްދިނުން

  • އަލީ މޫސާ ހޮވުމުން މުޅި އަތޮޅަށް ހުޅުވާލައިގެން މުޅި ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ބަށި މުބާރާތް އަގު ބޮޑު އިނާމަކާއިއެކު ބާއްވަދިނުން

  • އަލީ މޫސާ ހޮވުމުން ހޯރަފުށީގައި ޒަމާނީ ފިޒިއޯތެރެޕީ ސެންޓަރެއް ގާއިމްކޮށްދިނުން

  • އަލީ މޫސާ ހޮވުމުން ވޯޓާ ސްޕޯޓްސް ސެންޓަރެއް ހޯރަފުށީ ޒުވާނުންނަށް ގާއިމްކޮށްދިނުން

ނަމަވެސް މިއަދު ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ ޝަކުވާއަކީ މި ސަރުކާރުގެ އިސްބޭފުޅަކު ހޯރަފުއްޓަށް ވަޑައިގެން އެދެއްކެވި ވާހަކައިގެ "ކުލަ" ނުޖެހުމެވެ.

ހަލީލްގެ ވާހަކަ އަށް ފާޑުކިޔާ އެ ވީޑިއޯއަށް ކޮމެންޓް ކުރި މީހަކު ބުނީ ވޯޓުން އެބުނާ މީހަކު ހޮވުމުން ހަލީލް ގެއްލިއްޖެ ކަމަށާއި ހޯރަފުށީގެ ތަރައްގީ ހުއްޓުނީ ހަލީލް އެދުނުގޮތަށް ދިން ވޯޓަށް ފަހު ކަމަށެވެ.

އިތުރު އެހެން މީހަކު ބުނީ ނިމުނު ސަރުކާރުތަކުގެ ފަސް އަހަރުގެ ދައުރުތަކަކީ "މައި ސަރުކާރު"ގެ ލެންސަށް ހޯރަފުށި ދާއިރާ އެރި ދުވަސްތައް ކަމަށާއި އެކަމުގެ ބިންގަލަކީ "ސަރުކާރުން ދެއްކި މީހާ" އަށް ރައްޔިތުން ވޯޓު ދިނުން ކަމަށެވެ. 

ނަމަވެސް މިފަހަރު ސަރުކާރުގެ ކެންޑިޑޭޓަކާއެކު ހޯރަފުށި ދާއިރާ އަށް ކުރިއެރުން ލިބުން މަޑުޖެހިފައި އޮތުން ބަލައިނުގަނެވޭ ކަމަށެވެ.

އިތުރު އެހެން ޕޯސްޓެއްގައި ހަލީލްގެ ވާހަކަތަކަށް އިޝާރާތްކޮށް ކޮމެންޓް ކުރި މީހަކު ބުނެފައިވާ ވަނީ... 

  • ވެރިކަން ހޯދަން ހެދީ ދޮގު!‏
  • ވެރިކަން ލިބުނީމާވެސް ހަދަނީ ދޮގު!
  • ދޮގުން ސަލާމަތްވާން ވެސް ހަދަނީ ދޮގު!
  • ދެންވެސް ހަދާނި ދޮގު!
  • މިހުރީ ހެދި ބައެއް ދޮގު !

ކިޔުންތެރިންގެ ޝުއޫރު
38%
13%
13%
38%
6 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު