ކުޅިވަރު
މޮޅަށް ކުޅުނިން، ޓީމަށް ޗެމްޕިއަންކަން ހައްގު: 22 ސްޕޯޓްސް ކޯޗު
22 ސްޕޯޓްސް ކްލަބްގެ ކޯޗު ހުސެން
"ހޯރަފުށީ ކައުންސިލް ކަޕް 2026"ގެ ޗެމްޕިއަންކަން ހޯދި 22 ސްޕޯޓްސް އަށް މި އަހަރުގެ ޗެމްޕިއަންކަން ހައްގު ކަމަށް އެ ޓީމްގެ ކޯޗު ހުސެން އާމިރު(ހުސެންކޮ) ބުނެފި އެވެ.

ހުސެންކޮ ބުނީ މުޅި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވުމަކީ ފުޓްބޯޅައިގައި ކަށިން ހިތްވަރު ނެރެގެން ކުޅުން ތެރިންގެ ތޫނު ފިލިކަން ބޯޅައިގެ ކުރިއަށް ނެރެގެންވާ ކަމެއް ކަމަށާއި މި އަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ލިބުނު ވަގުތަށް ބަލާއިރު ކުޅުންތެރިންގެ ދެއްކި ޑިސިޕްލިން އަކީ ޗެމްޕިއަންކަން ހޯދަން ކުރި ދަތުރުގެ ތަޅުދަނޑި ކަމަށެވެ. 


"22 ސްޕޯޓްސް އަށް އިތުރު ފުރުސަތު ވެސް ލިބުނު، މުޅިމެޗަށް ބަލާލިޔަސް 22 ސްޕޯޓްސް އިން ވަރަށް މޮޅަށް ކުޅުނީ. ޗެމްޕިއަންކަން ހައްގު،" ދަންމަރު ޔުނައިޓެޑް ގެ މައްޗަށް 1-0 ން ކުރި ހޯދި ފައިނަލް މެޗާއި ގުޅިގެން ހުސެންކޮ ބުންޏެވެ.


ދެކުނު ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ 22 ސްޕޯޓްސްގެ ޖޯޒީ ނަންބަރު 6 މުރުތަލާ އަދުނާން(މުރޭ) އެވެ. މުރޭ ވަނީ 22 ސްޕޯޓްސްގެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މުބާރާތުގެ ކިންގް އަކީ ވެސް ހަސަން އަޒޫމް އެވެ.

ދެކުނު ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖެހީ 22 ސްޕޯޓްސްގެ ޖޯޒީ ނަންބަރު 6 މުރުތަލާ އަދުނާން(މުރޭ) އެވެ. މުރޭ ވަނީ 22 ސްޕޯޓްސްގެ ޓީމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުން ތެރިޔާ އަކީ ވެސް މުރޭ އެވެ.



މި މުބާރާތުގެ އެންމެ މޮޅު ރަށުން ބޭރު ކުޅުންތެރިޔާގެ އެވޯޑް ހާސިލު ކުރީ 22 ސްޕޯޓްސްގެ ހަސަން އަޒޫމް އަލީ އެވެ. މީގެ އިތުރުން މުބާރާތުގެ "ކިންގް" އަކީ ވެސް ހަސަން އަޒޫމް އެވެ. އެންމެ މޮޅު ބެސްޓް ކީޕަރު މަގާމު ލިބުނީ ވެސް 22 ސްޕޯޓްސް އިސްމާއިލް ޝިހާމް އެވެ.

22 ސްޕޯޓްސް އިން މި އަހަރުގެ މުބާރާތް ނިންމާލީ ބައިކޮޅަށް އެއް ވެސް ގޯލެއް ނުވަދެ ކުޅުނު ހުރިހާ މެޗަކުން މޮޅު ވެގެން ނެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ މި އަހަރުގެ ރަނަރަޕް ދަންމަރު ޔުނައިޓެޑް އެވެ.

60000 ރުފިޔާގެ ފައިސާގެ އިނާމެއް ދިން މި މުބާރާތުގައި ވާދަކުރި ޓީމް ތަކަކީ:   
ދަންމަރު ޔުނައިޓެޑް
  • 22 ސްޕޯޓްސް ކްލަބް
  • އެފްސީ ފްރިގޭޓަރ
  • ހޯރަ 22
  • އެފްސީ ފްރިގޭޓަރ ޔަންގް
ކިޔުންތެރިންގެ ޝުއޫރު
75%
0%
0%
25%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު