ވިޔަފާރި
ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ ސްޓޯރޭޖް އިމާރާތުގެ މަސައްކަތް ފަށައިފި
ހޯރަފުށީގައި ގާއިމުކުރާ ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ބްޓޮލިން ޕްލާންޓުގެ "ސްޓޯރޭޖް" އިމާރާތުގެ މަސައްކަތް ފަށައިފި އެވެ.

ހޯރަފުށީ ބޮޓްލިން ޕްލާންޓަކީ އެ ރަށު ކައުންސިލްގެ 40 ޕަސެންޓު ހިއްސާ އޮންނަ މަޝްރޫއެކެވެ.

މިހާރު އުވާލަން ނިންމާފައިވާ ފެނަކަ އިން ކުރިން ބުނީ އެ ކުންފުނީގެ ޓެކްނިކަލް ޓީމެއް ހޯރަފުއްޓަށް ގޮސް، އެ މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ކުރަން ޖެހޭ ކަންކަން ބެލުމަށް ފަހު، މަސައްކަތް ފަށާނެ ކަމަށެވެ. އަދި ޕްލާންޓުގެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ތަން ހިންގުމަށް ބޭނުންވާ މުވައްޒަފުން ނެގުމަށް އިއުލާންކުރާނެ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.

"ފެނަކައިގެ ޓެކްނިކަލް ޓީމެއް ހޯރަފުށްޓަށް ގޮސް، މަޝްރޫއުގެ މަސައްކަތް އަލުން ފެށުމަށް ޓަކައި ކުރަންޖެހޭ ކަންކަން ބެލުމަށްފަހު، ޖުލައިމަހު މަޝްރޫއުގެ މަސައްކަތް ފަށައި ވަރަށް އަވަހަށް ނިންމައިލެވޭނެ" އެ ކުންފުނިން ބުންޏެވެ. 

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ އެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ހުއްޓާލައި އެ ތަނުން މުވައްޒަފުން ވަކިކުރާތީ އިދިކޮޅު އެމްޑީޕީން މިއަދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.  

މިފަހުން ހޯރަފުށީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް "ހުއްޓިފައި" އޮންނާތީ އެ މަސައްކަތުގެ އަޕްޑޭޓް މާލިއްޔަތު ކޮމިޓީން ވެސް ވަނީ ހޯދަން ފަށައިފަ އެވެ.

ފެނަކަ އުވާލަން ސަރުކާރުން ނިންމުމުން ހޯރަފުށީގެ ކަރަންޓްގެ ހިދުމަތާ މިފަހުން ހަވާލުވި ސްޓެލްކޯ އަމާޒަކީ މި އަހަރުގެ ޑިސެންބަރަށް ހޯރަފުށީގެ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ނިންމާ ހިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވުމެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު