ތުރާކުނަށް ކަޅިއެއް ؛ ސުކޫލު ދެބުރީގެ އިމާރާތާއި އަލަށް ބިނާކުރާ މިސްކިތުގެ އަމަލީ މަސައްކަތް ހުއްޓިފައި
އަހުމަދު ނިހާން
25 މާޗް 2025 - 13:22
0 comments

ނިމުނު ސަރުކާރުން ހއ. ތުރާކުނުގައި ޖާގަ ތަނަވަސް ބޮޑު މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތާއި، ސްކޫލަށް ދިމާވެފައިއޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދެބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތެއް ފެށި އެވެ. ނަމަވެސް އެ މަސައްކަތްތައް ނުނިމި ލަސްވަމުން ދިޔުމުގެ ކަންބޮޑުވުން ތުރާކުނު ރައްޔިތުން އަންނަނީ ފާޅުކުރަމުން ނެވެ.
އެގޮތުން 2022 ވަނަ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް މަސައްކަތް ފެށި ފަހުން ހުއްޓިިފައިއޮތް އެ ރަށު މިސްކިތުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާއި ހަވާލުކުރުމުން އެކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތްފެށީ 2023 ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމުގެގޮތުން އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީއާއި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ތުރާކުނު ކައުންސިލުގެ މެންބަރުންވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ތުރާކުނު ކައުންސިލްގެ ރައީސް އަލީ އަބްދުލް ލަތީފް ވިދާޅުވީ، ތުރާކުނުގައި ޒަމާނީ ފެންވަރެއްގެ މިސްކިތެއް އެޅުމަކީ މީގެ 15 އަހަރު ކުރިން ފެށިގެން ރައްޔިތުން ދެކެމުން އައި ހުވަފެނެއްކަމަށެއެވެ. ލަތީފް ވިދާޅުވީ 2022 ވަނަ އަހަރު މިސްކިތުގެ އަމަލީ މަސައްކަތް ފެށި ނަމަވެސް އެދެވޭ ގޮތެއްގައި މަސައްކަތް ކުރިއަށްގޮސްފައިނުވާކަމަށެވެ.
"އަޅުގަނޑުމެއްނަށް މިސްކިތެއް ބޭނުންވަނީ މައިގަނޑު ގޮތުގައި ދެ ޖިންސުގެ މީހުއްނަށް އެއްފަހަރާއި ނަމާދު ކުރެވޭނެ ބޭނުމަށް އަދި ހަމަ އެހެންމެ މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކިތެއް ބޭނުންވާތީ މިސްކިތެއް ބޭނުންވާތީ." އަލީ ވިދާޅުވި އެވެ.ތުރާކުނުގައި އަލަށް ބިނާ ކުރާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ އެތެރެއާއި ބޭރު ފަރުމާކޮށްފައިވަނީ އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭނެހެން ފަހުގެ ޒަމާނީ ސިފަތަކާއެކު އެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 11.21 މިލިޔަން ރުފިޔާއަށް 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް މިސްކިތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ބޭނުންވާ މި މިސްކިތުގެ މަސައްކަތް މިހާރު ދަނީ "ބަރަވެލި ސްޕީޑް" ގައި އެވެ. ކުރިން މި މަސައްކަތް ކުރި މައިކްރޯން ޕްރައިވެޓް ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏާއި ސަރުކާރުގެ މައި ކުންފުނި އެމްޓީސީސީ އާއި މަސައްކަތުގެ ސްޕީޑްގައި ދާދި ހަމަހަމަ އެވެ.މީގެ އިތުރުން ތުރާކުނު ސްކޫލަށް ދިމާވެފައިއޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދެބުރީގެ އިމާރާތުގެ މަސައްކަތާއިި ފެނަކަ އޮފީސް އެޅުމުގެ މަސައްކަތްވެސް އޮތީ މަޑުޖެހިފަ އެވެ.ތުރާކުނުން "ހޯރަ" އަށް މައުލޫމާތު ދެމުން އެރަށު މީހަކު ބުނީ ސަރުކާރުން ސޮއި އެޅުމަށްފަހު ދެން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ގެންދިޔުމުގެ ވިސްނުން ކޮންޓްރެކްޓަރުން ނުގެންގުޅޭ ކަމަށާ ސަރުކާރުން ފައިސާ ނުދޭ ކަމަށް ބުނެ މަސައްކަތުގައި އުޅޭ މުވައްޒަފުން ވެސް ޖައްސަނީ "ކެރަވަޅު" ކަމަށެވެ. އަދި މީގެ އެތަށް އަހަރެއްކުރިން ފެށި މަޝްރޫއުތައް ނުނިމި ދިގުލައިގެން ދިޔުމުގެ ނަތީޖާ އަކީ އެއް ސަރުކާރުން އަނެއް ސަރުކާރު ބޮލުގައި ބަދުނާމު އަޅުވާ ޒިންމާއިން ރެކިގަތުން ކަމަށެވެ. އަދި ބުނީ ތުރާކުނުގެ އުމްރާނީ ތަރައްގީ މަޑުޖެހުމުގެ ނަތީޖާ އަކީ ވަޒީފާގެ އިތުރު ދޮރުތަށް ބަންދުވުން ކަމަށެވެ.މި ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ހާއްސަކޮށް "ހޯރަފުށީ ދާއިރާގައި އިގްތިޞާދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ބަންދުވެފައި..! އޮތުމުން ނެވެ. އަދި އެއް ވާހަކަ އެވެ.މުޅި ހޯރަފުށީ ދާއިރާގެ ރައްޔިތުން ހާއްސަކޮށް ޒުވާނުންގެ މިއަދުގެ ގޮވާލުމަކީ ސިޔާސީ ބޮޑުންގެ ގޭ ދޮށުގައި މުގޯލި އަޅަން ނުޖެހި "ވަޒީފާގެ ފުރުސަތު" ރަށުން ތަނަވަސް ކޮށްދިނުމެވެ.
ކިޔުންތެރިންގެ ޝުއޫރު