ވިޔަފާރި
އުރީދޫން ސައިކަލް ދޭ ޕްރޮމޯޝަންގައި ބާކީ 5 ސައިކަލު
އުރީދޫ ސައިކަލު ޕްރޮމޯޝަން: ރެބެލް 300 އާއެކު ބާކީ 5 ސައިކަލު -- ފޮޓޯ/ އުރީދޫ
އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ, ކޮންމެ ތިން ދުވަހަކުން ސައިކަލެއް ލިބޭ ޕްރޮމޯޝަންގައި 25 ނަސީބުވެރިން ހޮވާފައިވާކަން އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

އުރީދޫން މިދިޔަ 23 ސެޕްޓެމްބަރުގައި ފެށި ޕްރޮމޯޝަންގައި ކޮންމެ ތިން ދުވަހަކުން ސައިކަލެއް ދެ އެވެ. މި ޕްރޮމޯޝަންގައި މިހާތަނަށް 25 ނަސީބުވެރިން ހޮވާފައިވެ އެވެ.

ތަފްސީލް - އުރީދޫން ބުނީ ބާކީ ހުރި ފަސް ސައިކަލު ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އެގޮތުން، ބާކީ ހުރީ:

  • ދެ އެއާބްލޭޑް 160 – ސްޓޭންޑާޑް އެޑިޝަން

  • އެއް އެއާބްލޭޑް 125 - ސްޓޭންޑާޑް އެޑިޝަން

  • މި މަހުގެ އެންމެ އަގުހުރި އިނާމު - ޕީސީއެކްސް 160


މި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާއިރު، ބާކީ ހުރި ފަސް ސައިކަލު ހޯދުމުގެ ފުރުސަތު އަދިވެސް ކަސްޓަމަރުންނަށް ހުޅުވާލެވިފައިވާ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފައިވެ އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންގެ އިތުރުން އަލަށް އުރީދޫ އާއި ގުޅޭ ކަސްޓަމަރުންނަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.

ޕްރޮމޯޝަނުގައި ބައިވެރިވުމަށް

  • އުރީދޫ ކަސްޓަމަރެއްނަމަ ފާއިތުވި 30 ދުވަހުގެ ތެރޭގައި 250ރ އަށް ވުރެ މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބައްލަވައިގަނެފައިވުން
  • އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުން ހިދުމަތް ބޭނުންކުރުމަށް 400 ރުފިޔާ އިން މަތިން ބިލް ދައްކާ، ރީޗާޖުކޮށް ނުވަތަ އެޑް އޮން އެއް ބޭނުންކުރުން
  • އުރީދޫގެ އެކްޓިވް ކަސްޓަމަރަކަށްވުން.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނަކީ އުރީދޫގެ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ރާއްޖޭގައި އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކް ތައާރަފްކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް ކަމަށެވެ. މީގެ އިތުރުން މި ޕްރޮމޯޝަނަކީ އުރީދޫ ކަސްޓަމަރުންގެ އިތުބާރާއި އެއްބާރުލުން ފާހަގަކޮށް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ވެސްމެއެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތްތަކުގެ މައުލޫމާތު އުރީދޫ މޯލްޑިވްސްގެ ރަސްމީ ސޯޝަލް މީޑިއާ ޗެނަލްތަކުން އިއުލާނު ކުރަމުންދާނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު