ޚަބަރު
ޑޮމައިންގެ މައްސަލައަށް ހައްލު ގެނެސްފިން: މިނިސްޓަރު
އަލަށް ތައާރަފް ކުރި ޑޮމައިން ރަޖިސްޓްރީއާ އެކު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން
ސެޓްފިކެޓް އާއި ރެކޯޑްސް ބަލަހައްޓާ ރަޖިސްޓްރީއާ އެކު، އެންމެ ހައިޖާނު ބޮޑު އަދި ބޮއްސުންލާފައި އޮތް ޑޮމައިންގެ މައްސަލައަށް ހައްލު ގެނެސްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ފުރަތަމަ ސެޓްފިކެޓް ދޫކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ ޑޮމެއިން ދޫކުރުމުގެ މަސައްކަތް ގަވައިދުގެ ތެރެއަށް ފައްތައި، އައު ސެޓްފިކެޓާއި ރަޖިސްޓްރީ ދެވޭނޭ އުސޫލުތަކެއް މި އަހަރުތެރޭ ކަނޑައަޅާފައި ވާކަމަށެވެ. އެގޮތުން މިހާތަނަށް ދޫކޮށްފައި ހުރި ޑޮމެއިން ރަޖިސްޓްރީތައް މިހާރުގެ ގަވައިދަށް ފައްތަން، ރަޖިސްޓްރީކުރަން މިދިޔަ މަހުގެ 17ގައި ހުޅުވާލުމުން 600 އެއްހައި ފަރާތަކުން އެޕްލިކޭޝަން ހުށަހެޅި ކަމަށް އޭނާ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިހާރު ހަވާލުކުރާ ޑޮމެއިން ރަޖިސްޓްރީއަކީ ސެކިއުރިޓީ ގޮތުން ވަރަށް ވަރުގަދަ އަދި އޭގެ ކޮޕީ ނެހެއްދޭނެ ފެންވަރަށް ތައްޔާރުކޮށްފައި ހުރި ސެޓްފިކެޓްތަކެއް ކަމަށެވެ.

"މިއާ އެކު މިނިސްޓްރީ ތެރޭގައި އޮތް އެންމެ އޮޅުންބޮޅުން ބޮޑު އަދި އެންމެ ކޮރަޕްޓް މައްސަލައަށް ހައްލެއް މިއީ،" މިނިސްޓަރު ވިފާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ އިތުބާރާއި ދެފުށްފެންނަ ގޮތަށް ކަންކަން ކުރުމުގައި ކުރިއަށް އެޅި ފިޔަވަޅެކެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ރެކޯޑްސްތައް ދައްކާ ގޮތުން 700 އަށް ވުރެ ގިނަ ވަގު ޑޮމޭން ވަނީ ވިއްކާފަ އެވެ. މިހާރު ބޭނުންކުރަނީ ތިނެއް ނުވަތަ ހަތަރު އަދަދުގެ ޑޮމޭން އެވެ.

ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ފަދަ، ޑޮމެއިން ނަންބަރު ސިސްޓަމެއް ޤާއިމުކޮށް، ޒުވާނުންނާއި ޑޮމެއިން ބޭނުންކުރާ ފަރާތްތައް ޝައުޤުވެރިވާ ފަދަ ގޮތަކަށް، ހަރުދަނާ އުސޫލެއްގެ ތެރެއިން އެ ޚިދުމަތް ފޯރުކޮށްދިނުމެވެ.

ޑޮމެއިންގެ ޚިދުމަތަކީ، ދިވެހިންގެ މެދުގައި އަދި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި، މަޤުބޫލުކަން ލިބިފައިވާ ޚިދުމަތެކެވެ. ޑޮމެއިން ގަތުމަށާއި އެކަމާ ގުޅުންހުރި ޚިދުމަތް ހޯދުމަށް އެ ފަރާތްތަކުން ބޮޑެތި ހޭދަތައް ވެސް ކުރެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު