ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޫކޭ އާއި ޔާސިރުގެ އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ގެންގޮސްފި
އަލީ ރާޒީ
27 ޑިސެމްބަރ 2024 - 14:34
0
comments
އާރުޑީސީގެ ކުރީގެ އެމްޑީ މޫކޭ(ކ) އާއި އެ ކުންފުނީގެ ސީއެފްއޯގެ މަގާމުގައި ހުރި ޔާސިރު
Tweet
Telegram
ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލަތަކުގެ ތަހުގީގަށް އެ ކުންފުނީގެ ކުރީގެ ވެރިންގެ އިލްޓްރޯނިކް ސާމާނުތައް ފުލުހުން ހިފަހައްޓައިފި އެވެ.
މިތަކެތި ފުލުހުން ގެންގޮސްފައިވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު އާރުޑީސީގައި ހިންގި ކަމަށް ބެލެވޭ ޚިޔާނާތުގެ މައްސަލައެއްގެ ތަހުގީގަށެވެ. މި ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ރޭގެ ވަގުތެއްގައި މޫސާ އަލިމަނިކާއި ޔާސިރު ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފަ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އާރުޑީސީއާ ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންގެންދާ މައްސަލައެއްގައި ތަހުގީގުގެ ބޭނުމަށް މޫސާ އަލިމަނިކު ދިރިއުޅޭ ތަނާއި ޔާސިރުއަށް ނިސްބަތްވާ ދެތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެތަންތަނުން އިލެކްޓްރޯނިކް ސާމާނުތަކެއް ސީޒްކުރެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ވިދާޅުވި ނަމަވެސް ގެންދިޔަ ތަކެތީގެ ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
ފުލުހުންނާއި އޭސީސީ ގުޅިގެން މީގެކުރިން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި ފުލުހުން ބުނީ އާރުޑީސީއާ ގުޅޭ ހިޔާނާތުގެ ބޮޑު މައްސަލަ ތަހުގީގު ކުރަނީ އޭސީސީއާ ގުޅިގެން ކަމަށާއި 2022 ސެޕްޓެންބަރު މަހު ހުށަހެޅުނު މި މައްސަލާގައި އާރުޑީސީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވެފައިވާ ކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަަމަށެވެ.
އެގޮތުން އާރުޑީސީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"އެއީ 11 މިލިއަން ރުފިޔާގެ ވާހަކަ މިދައްކަނީ. އެހެންވެ، ގިނަ ޓްރާންސެކްޝަންތަކެއްގެ ވާހަކަ މި ދެއްކެނީ. މިއީ ވަރަށް ގިނަ ބަޔަކު ބައިވެރިވާ ކަމެއް މިއީ،" ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތިން މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ އެތައް މިލިއަން ރުފިޔާއެެއް އެހެން އެކައުންޓްތަކަށް ވެސް ފޮނުވާފައިވާ ކަމަށެވެ. މި ހިޔާނާތުގައި ގާތްގަނޑަކަށް 15 މީހަކު ބައިވެރިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
14 ދުވަސް ކުރިން
0
އައްޑޫ ލިންކް ރޯޑް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފި
4 މަސް ކުރިން
0
މޫކޭ އާއި ޔާސިރު ފުރުން މަނާކޮށްފި
5 މަސް ކުރިން
0
ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމް ބޮޑުކުރަން ހަވާލުކޮށްފި
9 މަސް ކުރިން
0
އާރުޑީސީ: 837 މިލިއަން ރުފިޔާއިން ދަރާފައި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މުހިންމު މަޝްވަރާތަކެއް
4 ގަޑިއިރު ކުރިން
0
ކުރީގެ ޕީޖީ ޝަމީމް މަރާލަން އުޅުމުގެ ދައުވާ އުފުލި މީހުން ސަލާމަތްވެއްޖެ
9 ގަޑިއިރު ކުރިން
0
57 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ
10 ގަޑިއިރު ކުރިން
0
ދިރާގު ގޭމާސް ގިލްޑްއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ދެނީ
12 ގަޑިއިރު ކުރިން
0