ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މޫކޭ އާއި ޔާސިރު ފުރުން މަނާކޮށްފި
އަލީ ރާޒީ
28 ޑިސެމްބަރ 2024 - 22:43
0
comments
މޫކޭ އާއި ޔާސިރު
Tweet
Telegram
ކުރީ ސަރުކާރުގައި ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާއި ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު ހަސަން ފުރުން މަނާކޮށްފި އެވެ.
ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ އެ އިދާރާއިން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާ ގުޅިގެން މޫކޭއާ ޔާސިރު ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށެވެ. އަދި އެކަން އެދެ މީހުންނަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
މޫކޭއާއި އާއި ޔާސިރު ފުރުން މަނާކޮށް އަމުރު ނެރުނުއިރު އެ ދެ މީހުން ދިރިއުޅޭ އެޕާޓުމެންޓު ވެެސް ވަނީ ބަލައިފާސްކޮށްފައި އެވެ. ބަލާ ފާސްކުރީ ފާއިތުވި ދައުރުގައި އާރްޑީސީގެ އެކައުންޓުން އޭނާގެ އަމިއްލަ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖޫރިމަނާކޮށް އެ ފައިސާ މަނީ ލޯންޑާކުރި ކަމުގެ ތުހުމަތުގަ އެވެ.
ރައީސް ސޯލިހްގެ ދައުރުގައި ފެންމަތިވި މި މައްސަލާގައި ފުލުހުން ތަހުގީގެއް ފެށީ މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)އިން އެ މައްސަލަ ފެންމަތިކުރުމާ ގުޅިގެން އެ ދެ އިދާރާ ގުޅިގެން ކުރާ ތަހުގީގެއް ގޮތުގަ އެވެ.
މޫކޭ ނިސްބަތްވާ އިދިކޮޅު އެމްޑީޕީން ފުލުހުންގެ މި މަސައްކަތްތައް ސިފަކުރަނީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކާ، މި ފަހުން ފެންމަތިވި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިޔާނާތް އޮއްބާލަން ކުރާ ކަމެއްގެ ގޮތުގަ އެވެ.
އާރުޑީސީގެ މައްސަލައާ ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްއާ ފުލުހުން ސުވާލުކޮށްފައިވެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރާ ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
ތާރު އެޅުމުގެ ކެޕޭސިޓީ އާރުޑީސީގައި މިވަގުތަކު ނެތް: މުއްތަލިބް
2 މަސް ކުރިން
0
އާރްޑީސީގެ ޗެއާމަން މަގާމުން ވަކިކޮށްފި
2 މަސް ކުރިން
0
އާރްޑީސީ އާއި ހަވާލުކުރި އަލިފުށީ މަގުތައް ހެދުން ބުރަކި ޖެހިފައި!
2 މަސް ކުރިން
0
އައްޑޫ ލިންކް ރޯޑް ހެދުމަށް އާރްޑީސީއާ ހަވާލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފައިސާގެ ޖިންސު ބަދަލުކޮށް ރުފިޔާއިން ސާވިސް ޗާޖު ދޭން ނިންމުމުން ގާސިމް ނުރުހިއްޖެ
1 ގަޑިއިރު ކުރިން
0
އެމްޑީޕީ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ނަޝީދު އަލުން އައުމަށް ތާއީދުކޮށްފި
2 ގަޑިއިރު ކުރިން
0
ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލާޝިޕްތަކެއް ދިވެހި ޑޮކްޓަރުންނަށް ދެނީ
2 ގަޑިއިރު ކުރިން
0
ޕޭޕާލް ރާއްޖެއަށް ތައާރަފް ނުކުރެވެނީ ޕޭޕާލްގެ ސަބަަބުން: އެމްއެމްއޭ
2 ގަޑިއިރު ކުރިން
0