ޚަބަރު
އާރްޑީސީ އާއި ހަވާލުކުރި އަލިފުށީ މަގުތައް ހެދުން ބުރަކި ޖެހިފައި!
އަލިފުށީގެ މަގުތަކުގައި ތާރު އަޅަން އާރްޑީސީއާ ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން
ނިމުނު ރައީސް ސޯލިހުގެ ސަރުކާރުން ރ. އަލިފުށީގެ މަގުތަކުގައި ތާރު އަޅަން ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކުރީ މަސައްކަތް ރަސްމީކޮށް މި ސަރުކާރުން އިފްތިތާހު ކުރީ 15 އެޕްރީލް 2024 ގައި އެވެ.

އަލިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

90 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 3.8 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އަޅާއިރު، މަގުތަކުގައި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމާއި މަގުބައްތި ޖެހުން ހިމެނެ އެވެ.

އަލިފުށީގެ މަގުތަކުގައި ތާރު އަޅަން ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން މުވައްޒަފުންތަކެއް ނެގި ނަމަވެސް މިހާރު އެ މުވައްޒަފުން އާރްޑީސީގެ ވަޒީފާއިން ވަނީ ވަކިކޮށްފަ އެވެ. މިހާރު އާރްޑީސީގެ ވަޒީފާގައި އަލިފުށީގައި ތިބީ ދެތިން މީހުން ނެވެ.

540 ދުވަހުން ނިންމަން އާރްޑީސީ އާއި ހަވާލުކުރި އަލިފުށީ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށް ނުގޮސް "ބުރަކި" ޖެހިފައިވާތީ އެކަމާ ސުވާލުކުރުމުން އާރްޑީސީން ބުނީ އަލިފުށީ މަގު ހެދުމުގެ މަސައްކަތް މިވަގުތަށް މަޑު ޖެހުނު ނަމަވެސް ވަރަށް އަވަހަށް އަލުން ފަށާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު