ވިޔަފާރި
ދިރާގު ގޭމާސް ގިލްޑްއިން ކޮންމެ މަހަކު ޕީއެސް5 ޕްރޯއެއް ދެނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން ކޮންމެ މަހަކު ޕްލޭސްޓޭޝަން 5 ޕްރޯއެއް ދޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ މިއީ ގޭމަރުންނަށް އެންމެ ފަހުގެ ޕްލޭސްޓޭޝަނަށް އަޕްގްރޭޑްކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

މި ފުރުސަތުގެ ބޭނުންހިފައި މި ލަކީޑްރޯގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:

  1. ޑީޖީޖީއަށް ސައިން-އަޕް ކުރުން: https://dgg.mv/sign-up
  2. ޑީޖީޖީގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓް ފޮލޯ ކުރުން
ފަސޭހައިން ބައިވެރިވެވޭ ގޮތަށް ތިން މަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އަގުހުރި ލަކީޑްރޯގައި ރާއްޖޭގެ ކޮންމެ މީހަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ދިރާގުން ބުނީ ކޮންމެ މަހަކު ނަގާ ލަކީޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް މުޅިން އާ ޕީއެސް5 ޕްރޯއެއް ލިބޭނެ ކަމަށެވެ.

މި ލަކީޑްރޯގެ ނަސީބުވެރިން ދިރާގުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނުކުރާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގުން ބުނި ގޮތުގައި ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއްކޮށް, ދިވެހި ގޭމަރުންނަށް އެންމެ ފަހުގެ ވަސީލަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެމުންނެވެ. އަދި ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި، ރާއްޖޭގެ ގޭމިން ހުނަރު އިތުރުކުރުމަށް ގިނަ ފުރުސަތުތަކެއް ހޯދައިދެމުން ކަމަށް އެ ކުންފުނިން ބުންޏެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު