ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ދިރާގު މާލެ އޯޕަން ސުވިމިން މުބާރާތަށް ފުރުސަތު ހުޅުވާލައިފި
އަލީ ރާޒީ
16 އޭޕްރީލް 2025 - 09:16
0
comments
Tweet
Telegram
"ދިރާގު މާލެ އޯޕަން"ގެ ނަމުގައި ސުވިމް މޯލްޑިވްސްއިން ދިރާގާ ގުޅިގެން ބާއްވާ ފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސްވިމް މޯލްޑިވްސްއަކީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް، ހުސައިން ޝަމީމު 2019ގައި އުފެއްދެވި ޖަމުއިއްޔާއެކެވެ.
މިއަދު ދިރާގާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ އެ ޖަމުއިއްޔާގެ މަގުސަދަކީ ރާއްޖެއަކީ ފަތަން ދަންނަ މީހުން އުޅޭ ގައުމަކަށް ހެދުން ކަމަށެވެ.
މާލެ ރަސްފަންނު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މުބާރަތް އޮންނާނީ އަންނަ މަހުގެ 24 ވަނަ ދުވަހުގެ ފަތިހު 6 އިން ފެށިގެންނެވެ. ޝަމީމް ވިދާޅުވި ގޮތުގައި އެ ހުރިހާ ފެތުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އެ ދުވަހު ފެތުމުގެ އިތުރު މުބާރާތެއް ނުވަތަ ހަރަކާތެއް ނޯންނާނެ އެވެ.
އަދި އެ މުބާރާތަކީ ސްޕޯޓްސް ކޮމިޝަނާ އެންޑޯޒްކޮށް ރާއްޖޭގައި މިއަހަރު ބާއްވާ ހަމައެކަނި އޯޕަން ވޯޓާ ސުވިމިން މުބާރާތްކަމަށް ވިދާޅުވި އެވެ. އަދި އަމާޒަކީ ރާއްޖޭގައި އޮލިމްޕިކްސްގެ އޯޕަން ވޯޓާ ސުވިމިން މުބާރާތުގައި ވާދަކުރެވޭނެ ފެންވަރުގެ ފެތުންތެރިންތަކެއް މުސްތަގުބަލުގައި ބިނާ ކުރުން ކަމަށް ވިދާޅުވި އެވެ.
ދިރާގު މާލެ އޯޕަން މުބާރާތުގައި 10 އަހަރުން ދަށުގެ އުމުރުފުރާ އާއި 10 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 13 އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުފުރާ އަދި 14 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާ އާއި 20 އަހަރާއި 29 އަހަރާއި ދެމެދުގެ އުމުރުފުރާ އާއި 30 އަހަރާއި 39 އަހަރާއި ދެމެދުގެ އުމުރުފުރާ އާއި 40 އަހަރާއި 49 އަހަރާ ދެމެދުގެ އުމުރުފުރާ އަދި 50 އަހަރުން މަތީގެ އުމުރުފުރާ ހިމެނެ އެވެ. މުބާރާތުގައި 10 އަހަރުން ދަށުގެ އުމުފުރާއިން ވާދަކުރެވޭނީ ހަމައެކަނި 250 މީޓަރުގެ ރޭހުގަ އެވެ. ދެން ހުރި އުމުރުފުރާތަކަށް 250 މީޓަރާއި އެއް ކިލޯ މީޓަރުގެ ރޭހުގައި ބައިވެރިވެވޭނެ އެވެ.
މި މުބާރާތުގެ އޯވަރޯލް އެންމެ މޮޅު ތިން ފެތުންތެރިންނާއި ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ތިން ފެތުންތެރިން ހޮވާ މެޑަލް ދޭނެ އެވެ.
މާލެ އޯޕަން ސުވިމިން މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 200އަށް ވުރެ ގިނަ ފެތުންތެރިން މުބާރާތުގައި ބައިވެރިވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުން 19 ދަރިވަރަކު ދަސްވެނިވިއްޖެ
7 ދުވަސް ކުރިން
0
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު
13 ދުވަސް ކުރިން
0
އީދު ބައިބަލާ ޗެލެންޖް 1446 ގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު
23 ދުވަސް ކުރިން
0
ދިރާގު ބާސްކެޓް ބޯޅަ މުބާރާތް ނިންމާލައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މައުމޫންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި، އެއީ ކީއްވެގެން ކަމެއް، ހުކުމަކުން ނޭނގެ
2 ގަޑިއިރު ކުރިން
0
ސީއެސްސީގެ މެންބަރު ކަމަށް މުޖުތާޒް އައްޔަންކުރަން ރުހުންދީފި
2 ގަޑިއިރު ކުރިން
0
މިނިސްޓަރު އަމީން ގަތަރަށް ވަޑައިގެންފި
2 ގަޑިއިރު ކުރިން
0
ޖުޑިޝަރީގެ މިނިވަންކަމަށް އިހުތިރާމް ކުރަން އެމްޑީޕީއިން ގޮވާލައިފި
2 ގަޑިއިރު ކުރިން
0