ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޖުޑިޝަރީގެ މިނިވަންކަމަށް އިހުތިރާމް ކުރަން އެމްޑީޕީއިން ގޮވާލައިފި
މަރިޔަމް އަނާ
16 އޭޕްރީލް 2025 - 11:52
0
comments
Tweet
Telegram
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ ސަސްޕެންޝަން އުވާލުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އެމްޑީޕީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހުއްޓުވައިގެން އުޅެނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިން ގާނޫނުއަސާސީގެ އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށެވެ.
"މިއީ ހަމައެކަނި ސުޕްރީމް ކޯޓުގެ ސިޔާސީ ކޮންޓްރޯލް ހޯދުމަށް ސަރުކާރުން ރާވައިގެން ކޮށްފައިވާ ކަމެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ދެކެން. އަދި މިއީ އަދުލު އިންސާފުގެ ނިޒާމަށް އަމާޒުކޮށްފައިވާ ސީދާ ހަމަލާއެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެެ އެ ބަޔާނުގައި ގޮވާލީ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް ފަހު، ޖޭއެސްސީން ބަލަމުންދާ "ސިޔާސީ" މައްސަލަތައް ބެލުން ހުއްޓާލުމަށެވެ.
ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޝަނުގައި ބައިތިއްބައިގެން ތިން މައްސަލައެއް ދަނީ ބަލަމުންނެވެ. އެއީ:
އަޒްމިރަލްދާގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީންތަކަކަށް އަޒްމިރަލްދާ އާއި މަހާޒު ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެއް
ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ތަނުގައި އަޒްމިރަލްދާ އާއި މަހާޒު އިންނެވީތީ އެ މައްސަލަ ބެލުން
ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި
ޖޭއެސްސީން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން ބަންދު އަމުރަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލައިފަ އެވެ. ދެން އޮތީ ތަހުގީގުގެ ފަހު ރިޕޯޓް އެކުލަވާލުމާއި އެއަށް ފަނޑިޔާރުން ޖަވާބު ދިނުން އަދި ކޮމިޝަނުން ގޮތެއް ނިންމުމެވެ.
ފަނޑިޔާރުން ސަސްޕެންޑްކުރީ ފުރަތަމަ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މައްސަލައެއް ބަލަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އޭސީސީން ބަލަމުން ދަނީ އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެކެވެ. އެކަމަކު އޭސީސީން އެ މައްސަލައިގެ އެއްވެސް ތަފުސީލެއް ނުދެ އެވެ.
އެމްޑީޕީއިން ގޮވާލީ ސަރުކާރާއި ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރުންގެ މައްސަލަތައް ކުރިއަށްގެންދާ ގޮތް ރައްޔިތުންގެ މަޖިލީހުން ގާތުން ބެލުމަށެވެ. އަދި ޖުޑިޝަރީގެ ދިފާއުގައި ހުރިހާ ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކާއި އާންމުން ވެސް ތެދުވުމަށް އެމްޑީޕީން ގޮވާލި އެވެ.
"ރާއްޖޭގައި ޑިމޮކްރަސީ ދެމެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަކީ ހަމައެކަނި ވަކި ޕާޓީއެއްގެ ޒިންމާއެއް ނޫން. މިއީ ހުރިހާ ދިވެހި ރައްޔިތުންގެ ޒިންމާއެއް. އެހެންކަމުން، ޝަރުއީ ދާއިރާގެ މިނިވަންކަން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ މި މުހިންމު ދަނޑިވަޅުގައި އެންމެހައި ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި، އަދި ބައިނަލްއަގުވާމީ ޖަމާއަތްތައް ވެސް ބައިވެރިވުމަށް ގޮވާލަން،" އެ ބަޔާނުގައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސް 15 އޮގަސްޓްގެ ކުރިން ބާއްވަން ފާސްކޮށްފި
7 ދުވަސް ކުރިން
0
އާދަޔާ ހިލާފު ކޮންގްރެސްއެއް ބާއްވަން އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅަނީ
11 ދުވަސް ކުރިން
0
ޝަމްހީދު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޝައުގުވެރިކަން ފާޅުކޮށްފި
11 ދުވަސް ކުރިން
0
އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅުން: ރައީސް ނަޝީދު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މީހެއްގެ ގަޔަށް ކުލަ ފާޓާ އެޅި މައްސަލަ ފުލުހުން ބަލަނީ
3 ގަޑިއިރު ކުރިން
0
މަންދީއާއި ފައްޔާޒަށް ދައުވާ ކުރަން ފެމިލީ ކޯޓަށް ހުށަހަޅައިފި
3 ގަޑިއިރު ކުރިން
0
ކުރުސީއަކީ ކުރީގެ ސިޔާސީ އިސް ލީޑަރެއް ކަމަށް ރަޝިއާއިން ބުނެފި
3 ގަޑިއިރު ކުރިން
0
މައުމޫންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި، އެއީ ކީއްވެގެން ކަމެއް، ހުކުމަކުން ނޭނގެ
5 ގަޑިއިރު ކުރިން
0