ވިޔަފާރި
އުރީދޫގެ ވަރުގަދަ ނެޓްވޯކު ދައްކައިދޭ އިޝްތިހާރުތަކާ އެކު އެ ކުންފުނީގެ އެންމެ ފަހުގެ ކެމްޕޭނު ލޯންޗުކޮށްފި
އުރީދޫގެ އާ ކެމްޕޭނުގެ އިޝްތިހާރުގެ ކެރެކްޓާ ފެންނަ ޕޯސްޓަރެއް.
އުރީދޫގެ ވަރުގަދަ ނެޓްވޯކު ދައްކައިދޭ އިޝްތިހާރުތަކާ އެކު އެ ކުންފުނީގެ އެންމެ ފަހުގެ ކެމްޕޭނު މިއަދު ލޯންޗުކޮށްފި އެވެ.

މި ކެމްޕެއިންގައި، ކަސްޓަމަރުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީގެ މައްސަލަތައް މަޖާ ގޮތްތަކަށް ދައްކައިދެ އެވެ.

މި ސިލްސިލާގެ ފުރަތަމަ އިޝްތިހާރު ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްފައި ވާއިރު، އުރީދޫ އަކީ އެންމެ ރަނގަޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކުގެ ގޮތުގައި ދައްކައިދެ އެވެ.

ގޭމް ކުޅޭ ފަރާތްތަކަށް ތައްޔާރުކޮށްފައިވާ އެ ކުންފުނީގެ ހާއްސަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާ އެކު އުރީދޫން ވަނީ ގޭމިން އިތުރު ހަރުފަތަކަށް ގެންގޮސްދޭ ކަނެކްޓިވިޓީ އެކްސްޕީރިއަންސެއް ފޯރުކޮށްދީފަ އެވެ.

އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވީ ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވާއިރު، އުރީދޫން އަންނަނީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ފޯރުކޮށްދެމުން ކަމަށެވެ. މި ކެމްޕޭނަކީ އުރީދޫގެ ނެޓްވޯކު ބޭނުން ކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ މުނިފޫހިފިލުވުމާއި މައުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާ ގުޅާލެވޭ ކެމްޕޭނެއްކަމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކެމްޕެއިންގައި އުރީދޫގެ އީޖާދީ، ޒަމާނީ ސޮލިއުޝަން އަދި ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކަސްޓަމާ ފަސްޓް އެޕްރޯޗެއް ބޭނުންކުރުމަށް ކުރާ މަސައްކަތް ފާހަގަކުރެވެއެވެ.

މި އިޝްތިހާރު ސީރީޒްގެ ކުރިއަށް ހުރި ބައިތަކުގައި ފެނިގެންދާ ކޮންމެ އިޝްތިހާރަކީ ވެސް އުރީދޫގެ ކަސްޓަމަރުން މާޔޫސްކަން ދޫކޮށްލައި މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ އާއި ތަފާތު ފުރިހަމަ ތަޖުރިބާއެއް އުރީދޫއާ އެކު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އެއްޗަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫގެ އާ ކެމްޕެއިނުގައި އެ ކުންފުނީގެ އީޖާދީ، ޒަމާނީ ސޮލިއުޝަން އަދި ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ކަސްޓަމާ ފަސްޓް އެޕްރޯޗެއް ބޭނުންކުރުމަށް ކުރާ މަސައްކަތް ފާހަގަކުރެވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު