ވިޔަފާރި
އުރީދޫ ނޭޝަންގެ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ހުކުރު ދުވަހު
އުރީދޫ ނޭޝަންގެ އެންމެ ބޮޑު ގޭމިން އިވެންޓު ކަމަށްވާ އަލްޓިމޭޓް ގޭމިން ފެސްޓިވަލް ހަފުތާ ބަންދުގައި ބާއްވަން ނިންމައިފި އެވެ.

ހުކުރު އަދި ހޮނިހިރު ދުވަހު އޮންނަ އެ ފެސްޓިވަލްގައި "އުރީދޫ ނޭޝަން" ގެ ކޮންޓެންޑާ ސީރީޒްތަކުގައި ވާދަކޮށް، ޗެމްޕިއަންކަން ހޯދާފައިވާ އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން 240،000ރ. ގެ ޕްރައިޒް ޕޫލަށް ވާދަކުރާނެ އެވެ.

އެ ފެސްޓިވަލުގައި ޕަބްޖީ މޮބައިލާއި މޮބައިލް ލެޖެންޑްސް އާއި ބޭންގް ބޭންގް (އެމްއެލްބީބީ) އަދި އީއޭއެފްސީ ގެ އިތުރުން ކޮސްޕްލޭ މުބާރާތްތައް ކުރިއަށް ދާނެ އެވެ. އަދި އެ ފެސްޓިވަލުގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ތާޖު ލިބޭ ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.

ފައިސާގެ އިނާމު ބެހިފައިވާ ގޮތްތަކަކީ:

PUBG Mobile

  • ޗެމްޕިއަން – 50،000 ރުފިޔާ
  • ދެވަނަ - 20،000 ރުފިޔާ
  • ތިންވަނަ - 15،000 ރުފިޔާ
  • ހަތަރުވަނަ - 10،000 ރުފިޔާ
  • އެމްވީޕީ - 5،000 ރުފިޔާ
މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް (އެމްއެލްބީބީ)

  • ޗެމްޕިއަން – 20،000 ރުފިޔާ
  • ދެވަނަ - 15،000 ރުފިޔާ
  • ތިންވަނަ - 10،000 ރުފިޔާ
  • އެމްވީޕީ - 5،000 ރުފިޔާ
އީއޭއެފްސީ

  • ޗެމްޕިއަން – 20،000 ރުފިޔާ
  • 2 ވަނަ - 15،000 ރުފިޔާ
  • 3 ވަނަ - 10،000 ރުފިޔާ
އެމްވީޕީ - 5،000 ރުފިޔާ

ކޮސްޕްލޭ މުބާރާތް

  • އެއްވަނަ - 5000 ރުފިޔާ
  • ދެވަނަ - 3000 ރުފިޔާ
  • ތިންވަނަ - 2000 ރުފިޔާ
އުރީދޫ ނޭޝަން އަލްޓިމޭޓް ޕްލޭޔާ

  • 30،000 ރުފިޔާ
އުރީދޫ ނޭޝަން އިން ގޭމިން ފެސްޓިވަލް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރު އެވެ. އެ ފެސްޓިވަލަށް ބޮޑު ތަރުހީބެއް ލިބުނެވެ. މި އަހަރުގެ ތެރޭގައި އުރީދޫ ނޭޝަަން އިިން ވަނީ އެކި ގޭމިން މުބާރާތްތައް ބާއްވައިފަ އެވެ. އުރީދޫ ނޭޝަން އަކީ ގޭމިން ކުރިއަރުވައި، އީ-ސްޕޯޓްސްގެ ފުރުސަތުތައް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދައިދިނުމުގެ ގޮތުން އުރީދޫން ތައާރަފް ކުރި ޕްލެޓްފޯމެކެވެ.

އުރީދޫއިން ބުނީ އިތުރު ތަފްސީލް ހޯދަން ބޭނުންވާ މީހުންނަށް އުރީދޫ ނޭޝަންގެ ރަސްމީ ޗެނަލްތައް ފޮލޯކޮށްގެން އިތުރު ތަފްސީލާއި އަޕްޑޭޓް ލިބޭނެ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު