ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އުރީދޫ އިން ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާ އަދަދު ބޯޑުން ފާސްކޮށްފި
މަރިޔަމް އަނާ
08 ފެބުރުއަރީ 2025 - 17:35
0
comments
Tweet
Telegram
އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާނެ އަދަދާއި 2024 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓު ފާސްކޮށްފަ އެވެ.
ޑިރެކްޓަރުންގެ ބޯޑުން 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހުށަހެޅުމަށް ނިންމާފައިވަނީ ހިއްސާއަކަށް 3 ރުފިޔާ 43 ލާރި އެވެ.
ފެބްރުއަރީ 18، ގެ މެންދުރު 2:00 ޖެހުމާ ހަމައަށް ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ހުރިހާ އެންމެންނަށް ޑިވިޑެންޑް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއިން ބުނީ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރި މިދިޔަ އަހަރު އޮޑިޓް ކޮށްފައިވާ މާލީ ހިސާބުތަކާއި އަހަރީ ރިޕޯޓް ފެބްރުއަރީ 21، ގެ ކުރިން އާންމުކުރާނެ ކަމަށެވެ.
އަދި އުރީދޫއިން އަންނަ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގައި މިދިޔަ އަހަރަށް ހުށަހަޅާ ޑިވިޑެންޑް އަދި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުގެ އިތުރުން އަހަރީ ރިޕޯޓް ފާސްކުރަން ހިއްސާދާރުންނަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މިގޮތުން ހުށަހަޅާފައިވާ ޑިވިޑެންޑުގެ އަދަދު ހިއްސާދާރުން ފާސްކޮށްފިނަމަ، މާޗު މަހުގެ ތެރޭގައި ޑިވިޑެންޑް ބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އުރީދޫ އިން ބުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 22 ވަނަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓްގައި އާންމުކުރާނެ ކަމަށެވެ. މި ނޯޓިސްއާއެކު އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައްވެސް އާންމުކުރާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ދުވަސް ކުރިން
0
އުރީދޫއިން ދޭ ހޮންޑާ ރިބެލް ސައިކަލު ލިބުނު ނަސީބުވެރިޔާއަށް ސައިކަލު ހަވާލުކޮށްފި
16 ދުވަސް ކުރިން
0
އުރީދޫގެ ވަރުގަދަ ނެޓްވޯކު ދައްކައިދޭ އިޝްތިހާރުތަކާ އެކު އެ ކުންފުނީގެ އެންމެ ފަހުގެ ކެމްޕޭނު ލޯންޗުކޮށްފި
18 ދުވަސް ކުރިން
0
ގޯލްޑަން ފުޓްސަލް މުބާރާތުގެ ތެރެއިން އުރީދޫގެ ހާއްސަ ޕްރޮމޯޝަނެއް
22 ދުވަސް ކުރިން
0
ދޯހާ މެރަތަނަށް އުރީދޫގެ ނަސީބުވެރިން ފުރައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އުރީދޫ އިން ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅާ އަދަދު ބޯޑުން ފާސްކޮށްފި
2 ގަޑިއިރު ކުރިން
0
ބައެއް ރަށްތަކުގައި ބައި އިލެކްޝަންގެ ވޯޓުލުން ފަށައިފި
8 ގަޑިއިރު ކުރިން
0
ރ. މީދޫގައި ކުޑަކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ
8 ގަޑިއިރު ކުރިން
0
އައިސީސީއާ ދެކޮޅަށް ޓްރަމްޕް ސަރުކާރުން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
22 ގަޑިއިރު ކުރިން
0