ވިޔަފާރި
ރާއްޖޭގައި ފުރަތަމަ ފަހަރަށް އުރީދޫ އިން ސެމްސަންގް އީސިމް ވެއާރަބަލްސް ތައާރަފުކުރަނީ
އުރީދޫން ރާއްޖޭގައި އީސިމް ވެއަރަބަލްސް ހިދުމަތް ތައާރަފު ކުރަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

މި ޒަމާނީ ޓެކްނޮލޮޖީއާ އެކު، ފޯނު ބޭނުންކުރާ ފަރާތްތަކަށް އެ މީހުންގެ ސެމްސަންގް ސްމާޓްވޮޗުން ގުޅައި، މެސެޖް ފޮނުވައި، މިއުޒިކް ސްޓްރީމްކުރުމުގެ އިތުރުން، ފޭވަރިޓް އެޕްލިކޭޝަންތަކާ ގުޅިފައި ތިބެވޭނެ އެވެ.

އުރީދޫއިން ބުނީ ސެމްސަންގް އީ-ސިމް ބޭނުންކުރާ ސްމާޓްވޮޗްތައް ތައާރަފްކުރުމާއެކު ވެއާރަބަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލެއް ގެނެސް، އީސިމް ފަންކްޝަނަލިޓީގެ ސަބަބުން މެދުނުކެނޑި ކަނެކްޓިވިޓީ ކަށަވަރުވެ، ކަސްޓަމަރުންނަށް އިތުރު މިނިވަންކަމާއި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ ހިދުމަތް ތައާރަފް ކޮށްދެއްވުމަށްފަހު އުރީދޫގެ އެމްޑީ ހާލިދު ވިދާޅުވީ އެ ހިދުމަތުގެ ސަބަބުން ފޯނު ނެތް ހާލަތްތަކުގައި ވެސް ފޯނަކުން ކުރެވޭ ގިނަ ކަންކަން، މިސާލަކަށް ފޯނަށް ޖަވާބު ދިނުމާއި މެސެޖު ކުރުން ފަދަ ކަންކަން ކުރެވޭނެ ކަމަށެވެ. 

"ސެމްސަންގް އީސިމް ވެއާބަލްސްއާ އެކު ކަނެކްޓިވިޓީގެ އިތުރު ފުރުސަތުތައް ހުޅުވި، ކަސްޓަމަރުންނަށް ފޯނާ ނުލައި ވެސް ގުޅައިގެން ތިބުމަށާއި ފިޓްނަސް ޓްރެކްކޮށް، އެ މީހުންގެ ދުވާލުގެ ހަރަކާތްތައް ފަސޭހަކަމާ އެކު ބެލެހެއްޓުމަށް މަގުފަހިވާނެ،" އޭނާ ވިދާޅުވި އެވެ.

ސެމްސަންގް ސްރީ ލަންކާ އެންޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަންގްވާ ސޯންގް ވިދާޅުވިގޮތުގައި، އުރީދޫ މޯލްޑިވްސްއާ ގުޅިގެން އެ ކުންފުނިން ސްމާޓްވޮޗްތަކުގައި އީ-ސިމް ގެ ފަންކްޝަނަލިޓީ ތައާރަފް ކުރީ ކަސްޓަމަރުން ކޮންމެ ވަގުތަކު ވެސް ކޮންމެ ތަނެއްގައި ވެސް ފޯނުން ބޭނުން ވަގުތަކު ގުޅައިގެން ތިބުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.

އުރީދޫން އީ-ސިމް ވެއަރަބަލްސް ތައާރަފް ކުރާނީ ކަސްޓަމަރުން މިހާރު ބޭނުން ކުރާ ނަމްބަރު ގަޑިއާ ކަނެކްޓު ކުރެވޭ ގޮތަށެވެ. އެ ކުންފުނިން ބުނީ އެކަމާ ގުޅޭ ސަޕޯޓެޑް ޑިވައިސްތަކާއި އެކްޓިވޭޝަން ސްޓެޕްތައް ހިމެނޭ ގޮތަށް އިތުރު ތަފްސީލްތައް ކުރިއަށް އޮތް ދުވަސްތަކުގައި އިއުލާނު ކުރާނެ ކަމަށެވެ.

މި ހިދުމަތާ އެކު ދުވަން ދިއުން، މަސް ބޭނުން ނުވަތަ ޑައިވިން ފަދަ ފޯނު ބޭނުންކުރަން ދަތި ހަރަކާތްތަކުގައި އުޅޭއިރު ވެސް ފޯނުން ކުރެވޭ ގިނަ ކަންކަން ކުރެވޭނެ އެވެ.

އުރީދޫ އީ-ސިމް ވެއާރަބަލްސްގެ ހިދުމަތް އާންމުންނަށް ބޭނުންކުރަން ފެށޭވަރު ވާނީ، އެ ކުންފުނިން ބުނާ ގޮތުގައި އަންނަ މަހު އެވެ.

މި ހިދުމަތުގެ ދަށުން އުރީދޫގެ އީ-ސިމް ބޭނުންކުރެވޭނީ ސެމްސަންގް ގެލެކްސީ ވޮޗް އަލްޓްރާގަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު