ވިޔަފާރި
މިޝާގެ ރޯދަ ޗެލެންޖާއެކު ދިރާގުން ރޯދަ މަހަށް ހާއްސަ ގިނަ އޮފާތަކެއް
ދިރާގުން އަންނަ ރޯދަ މަހަށް ހާއްސަކޮށްގެން ތަފާތު ޕްރޮމޯޝަންތަކެއް އަގުހުރި އިނާމުތަކާއެކު ތައާރަފްކޮށްފި އެވެ.

މި ޕްރޮމޯޝަންތައް ދިރާގުން ތައާރަފުކުރީ އެ ކަމަށް ޓަކައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވި ގޮތުގައި، ރޯދަ މަހަކީ ވަރަށް ގިނަ ލުއި ފަސޭހަތަކާއި އިނާއަތްތައް ލިބިގެންދާ މަހެއް ކަމުގައިވާތީ އެ މަހުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް މިޝާގެ ރޯދަ ޗެލެންޖް އެހީ ވެދޭނެ އެވެ.

އެގޮތުން ދިރާގުން ލޯންޗުކުރި ޕްރޮމޯޝަންތަކަކީ:

ކަރާ ފެޅުން:

ކޮންމެ ދުވަހަހު ދިރާގު އެޕްގައިވާ ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އެ އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަން އެސް 25 ފޯން، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޒަލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެ އެވެ.

ޑޮނޭޓް އޮން އެޕް:

ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމައިފައެވެ. ދިރާގުގެ ކަސްޓަމަރުންނަށްވެސް އެ ފުރުސަތު ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް ރޯދަ މަހު އެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

އޭގެ އިތުރުން ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ އޮފާއަކާއި ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސިލެކްޓް ޑޭޓާ އެޑް-އޮން އެކްޓިވޭޓް ކޮށްގެން ހިލޭ ބޯނަސް ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ އޮފާއެއްވެސް ދިރާގުން ވަނީ ތައާރަފުކޮށްފަ އެވެ.

އަދި އަލަށް 5ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާ އިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ ލިބޭ އޮފާއަކާއި ބިދޭސީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގު އެޕް އިން އެޑް-އޮން އެކްޓިވޭޓް ކޮށްގެން ހިލޭ އައިއެމްއޯ، 90 ދުވަހުގެ މުއްދަތައް ލިބޭ އޮފާއެއްވެސް ހިމެނެ އެވެ.

ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކުން: ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

މި ކަންކަމާ ގުޅޭގޮތުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ޖައިޝާން ހަމީދު ވިދާޅުވީ، މި ރަމަޟާން މަހު ވެސް ދިރާގުގެ ގުޑިފެސްޓް އަދި ތަށިބަރި މޫވްމެންޓް ކުރިޔަށްދާނެ ކަމަށެވެ. އަދި މި އަހަރު ވެސް ދިރާގާއި މަމްސް އެއިޑް ގުޅިގެން ރަމަޟާން އެއިޑް ކެމްޕެއިންގެ ދަށުން އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަން ވެސް ހާމަ ކުރެއްވި އެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރިއިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު