ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި
ހަސަން ހަލީމް
25 ފެބުރުއަރީ 2025 - 11:51
0
comments
Tweet
Telegram
ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާ 144 ހިއްސާދާރުންނާ ހައިބްރިޑް މޮޑެލްއެއްގައި ބާއްވައިފި އެވެ.
ޖުމްލަ 71،335،282 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު ބޭއްވި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅި ހަތަރު ރިޒޮލިއުޝަން ހިއްސާދާރުންގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ.
ކުރީ އަހަރުތަކާ ވެސް އެއްފަދައިން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓު ވެސް ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުގެ އޮންލައިން ޖެނެރަލް މީޓިންގް މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށެވެ. 71،335،282 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ހަތަރު ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.
ޖަލްސާއިން ފާސްކުރި ކަންކަން
2024 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ ރިސޮލިއުޝަން.
2024 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމުގެ ރިސޮލިއުޝަން.
2025 ވަނަ މާލީ އަހަރުގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
2024 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން.
ދިރާގުން މިދިޔަ އަހަރު ވަނީ ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން ވަނީ ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދީފަ އެވެ. އަދި ރާއްޖޭގައި ޑިޖިޓަލް ސާވިސް ފޯރުކޮށްދިނުމުގައި އެންމެ ކުރީގައިވާ ފަރާތުގެ މަގާމު އިތުރަށް ވަރުގަދަކޮށް، 100 ޕަސެންޓް މޮބައިލް ކަވަރޭޖްއާ އެކު ހައި ސްޕީޑް ފައިބަ ބްރޯޑްބޭންޑް ވަނީ ފޯރުކޮށްދީފަ އެވެ.
އޫކްލާއިން ދޭ "މޯލްޑިވްސް ފާސްޓަސްޓް މޮބައިލް ނެޓްވޯކް" ގެ އެވޯޑް ވިދިވިދިގެން ތިން ވަނަ އަހަރު ހޯދުމުގެ އިތުރުން މިދިޔަ އަހަރު ދިރާގުން ވަނީ އާބާދީގެ 60 ޕަސެންޓަށް 5ޖީ ހިދުމަތް ފޯރުކޮށްދީފަ އެވެ.
ދިރާގުން ބައިނަލްއަގުވާމީ ގޮތުން ހޯދައިފައިވާ ސެޓިފިކޭޝަންތައް
އައިއެސްއޯ އައިއީސީ ސެޓްފިކެޓް އައުކޮށް ބައިނަލް އަޤްވާމީ ސެކިއުރިޓީ މެނޭޖްމަންޓް މިންގަނޑު ދެމެހެއްޓުން.
ދިރާގުގެ ޑޭޓާ ސެންޓަރަށް ޓިއާ 4 ގެ ސެޓިފިކޭޝަން ހޯދުން.
އޭއެންއެސްއައި ޓީއައިއޭ 942 ސީ ގެ ލެވެލް 4 ގެ ސެޓިފިކެޓް ހޯދައި ރާއްޖޭގައި މިފަދަ އިންފްރާސްޓްރަކްޗަރަލް އަދި ރިލައިބިލިޓީ ޔަގީން ހިދުމަތްތައް ފޯރުކޮށްދޭ ފުރަތަމަ ސާވިސް ޕްރޮވައިޑަރުގެ މަގާމް ހޯދުން.
ސައުތު އީސްޓް އޭޝިޔާ، މިޑްލް އީސްޓް އަދި ވެސްޓަން ޔޫރަޕާއި ރާއްޖެ ގުޅާލަދޭ ސީމީވީ6 ސަބްމެރީން ސިސްޓަމް ރާއްޖެއާ ގުޅާލައި، މުޅި ދުނިޔެއާ އޮތް ޑިޖިޓަލް ގުޅުން އިތުރަށް ވަރުގަދަ ކުރުން.
ދިރާގަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބުނެވެ.
މިއީ 2023 ވަނަ އަހަރާއި އަޅައިބަލާއިރު 5.9 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަޕްރައިސް ސެގްމަންޓްގެ ޕާފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން 2023 ވަނަ އަހަރާ އަޅާ ބަލާއިރު 2024 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ 5.1 ޕަސެންޓްގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ހޯދައި، 2023 އަށް ވުރެ 5.5 ޕަސެންޓްގެ ކުރިއެރުމެއް ވަނީ ހޯދާފަ އެވެ.
ދިރާގުން ވަނީ ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި 2024 ވަނަ އަހަރު 574 މިލިއަން ރުފިޔާ ހަރަދުކޮށް، ނެޓްވޯކް ފުޅާކޮށް ހަރުދަނާކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފައިވެ އެވެ.
ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70ރ. ދިނުމަށް ހުށަހަޅައި ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66ރ. އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04ރ. ހިމެނެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ދުވަސް ކުރިން
0
އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް25ގެ މޮޑެލްތައް ދިރާގުން ރާއްޖޭގައި ލޯންޗުކޮށްފި
7 ދުވަސް ކުރިން
0
ދިރާގުން މަމްސް އެއިޑާ ގުޅިގެން 100 އާއިލާއަކަށް އެހީ ދެނީ
12 ދުވަސް ކުރިން
0
ދިރާގުގެ ވިން އަ ސްޕީޑްބޯޓްގެ ނަސީބުވެރިޔާއަށް ބޯޓު ހަވާލުކޮށްފި
19 ދުވަސް ކުރިން
0
އެކްރޮސް މޯލްޑިވްސް ޑައިވް ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލު މަޖިލީހުން ބަލައިގެންފި
49 މިނެޓް ކުރިން
0
ފާސްވީ އިހްސާން އަށް އިތުބާރު އޮތް ކަމަށް
50 މިނެޓް ކުރިން
0
ބީއެމްއެލްއިން ރިނބިދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި
3 ގަޑިއިރު ކުރިން
0
ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި
3 ގަޑިއިރު ކުރިން
0