ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެއާޕޯޓު ތަރައްގީކުރަން ސައުދީ ފަންޑުން އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
އަލީ ރާޒީ
14 އޭޕްރީލް 2025 - 12:05
0
comments
Tweet
Telegram
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގެ މަސައްކަތަށާއި، އެއާޕޯޓުގެ ކާގޯ ހިދުމަތްތައް ތަރައްގީކުރުމަށް ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އެސްއެފްޑީ)އިން ރާއްޖެއަށް އިތުރު 17 މިލިއަން ޑޮލަރުގެ ލޯނެއް މިއަދު ދީފި އެވެ.
ރައީސް މުހައްމަދު މުއިއްޒުއާ އެކު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، 63.7 މިލިއަން ސައުދީ ރިޔާލު ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ:
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ތިން ދުވަހުގެ ދަތުރެއްގައި އިއްޔެ ރާއްޖެ ވަޑައިގެންނެވި ސައުދީ ފަންޑުގެ ސީއީއޯ ސުލްތޯން އަބްދުއްރަހުމާން އަލްމުރްޝަދު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަންޑުގެ ސީއީއޯ، ސުލްތާން ބިން އަބްދުއްރަހްމާން އަލްމަރްޝާދު ވިދާޅުވީ، ފަންޑާއި ރާއްޖެއާ ދެމެދު ތަރައްގީގެ ބަދަހި ގުޅުމެއް މީގެ 47 އަހަރުކުރިން ފެށުނު ކަމަށެވެ.
އެގޮތުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އެންމެ ފުރަތަަމަ 1978ވަނަ އަހަރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީ ކުރުމަށް ދިން ލޯނާއެކު އެއާޕޯޓު ތަރައްގީކުރުމަށް ހަތް ފަހަރެއްގެ މަތިން 240 މިލިއަނެއްހައި ޑޮލަރުގެ އެހީ ފަންޑުން ރާއްޖެއަށް ދީފައިވާކަމަށް ވިދާޅުވި އެވެ.
އަދި މިއަދު އިތުރަށްދޭ ލޯނާއެކު އެއާޕޯޓު ކެޕޭސިޓީ ހަތް މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭ ވަރަށް ތަރައްގީކުރުމާއި، ކާގޯ ހިދުމަތް ތަރައްގީކުރުމާއި، ނިންމަން ޖެހޭ ފަހުގެ މުހިންމު މަސައްކަތްތައް ނިންމަން އިތުރު އެހީއަކަށް ވާނެކަމަށް ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ، ގާތްގަނޑަކަށް ޖުމްލަ 488 މިލިއަން އެމެރިކާ ޑޮލަރު އެ ފަންޑުން ރާއްޖެއަށް ތަރައްގީގެ މަޝްރޫއުތަކަށް ދޫކޮށްފައިވާކަމަށާއި އޭގެ ތެރޭ ބޯހިޔާވަހިކަމާއި، ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކުރުމާއި، ސިއްހީ ހިދުމަތްތަައް ގާއިމްކުރުން ހިމެނޭކަމަށް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާއަށް ވަޑައިގެންފި
1 މަސް ކުރިން
0
ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި
1 މަސް ކުރިން
0
ރައީސްގެ ދެކަނބަލުން އުމްރާ އަށް ފުރާވަޑައިގެންފި
1 މަސް ކުރިން
0
ސައުދިއާ އިން ރާއްޖެއަށް ދަތުރުތައް ފެށިތާ 10 އަހަރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައިފި
2 ގަޑިއިރު ކުރިން
0
މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި
2 ގަޑިއިރު ކުރިން
0
ވަގަށް އެތެރެކޮށް، ވިއްކަމުން ދިޔަ ސިނގިރޭޓުތަކެއް ފުލުހުން ހޯދައިފި
2 ގަޑިއިރު ކުރިން
0
ރޭގެ މުޒާހަރާއިން ނުވަ މީހަކު ހައްޔަރުކޮށްފި
3 ގަޑިއިރު ކުރިން
0