ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އިންޑިއާއަށް ވަޑައިގެންފި
ހުސެން ރަޝީދު
12 މެއި 2026 - 13:33
0 comments
އިރުތިޝާމް، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރާ މިދިޔަ މަހުގެ ފަހުކޮޅު ބައްދަލުކުރައްވަނީ.
ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާ އަށް މިއަދު ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އިރުތިޝާމް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.މި ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރައްވައި، ރަސްމީ ވާހަކަތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.ފޮރިން މިނިސްޓްރީން މިއަދު ބުނީ، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.މީގެ އިތުރުން، ދެ ގައުމުގެ މަސްލަހަތު ހިމެނޭ މުހިންމު ކަންކަމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި ވާހަކަދެއްކެވުމަށް ވަނީ ހަމަޖެހިފަ އެވެ.ފޮރިން މިނިސްޓަރު އިރުތިޝާމް އަރިހުގައި މި ދަތުރުފުޅުގައި އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހީމް ޒުހުރީއާއި އެސިސްޓަންޓް ޑައިރެކްޓާ އާމިނަތު ގުރައިޝާ ބައިވެރިވެވަޑައިގަންނަވަ އެވެ.
ކިޔުންތެރިންގެ ޝުއޫރު