
ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު އަލިފާން ފުރަތަމަ ރޯވީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގައެވެ. އެ ވުޒާރާތައް އެނދުމާ ގުޅިގެން އެ ވުޒާރާތަކުގެ ކަންކަން ކުރިއަށް ދަނީ ދަރުބާރުގޭގައެވެ.އެ ވުޒާރާތަކުގައި ރޯވެ އެތައް ވުޒާރާއެއްގެ މަސައްކަތަށް ބުރޫއެރުމާ ގުޅިގެން ޗައިނާގެ ފަރާތުން ވަނީ 2.8 މިލިއަަން ޑޮލަރުގެ އެހީއެއް ވެދީފައެވެ.އެހީގެ ތަކެތި ރަސްމީކޮށް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މި އެހީތެރިކަމުގެ ސަބަބުން ސަރުކާރުގެ މުހިންމު މަސައްކަތްތައް އަލުން ފެށުމަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. މި ކުއްލި އެހީގެ ޕެކޭޖްގައި ހާދިސާގައި ގެއްލުނު ތަކެތީގެ ބަދަލުގައި ބޭނުންވާ އޮފީސް ސާމާނާއި ފަރުނީޗަރު ހިމެނެ އެވެ.މިނިސްޓަރު ވަނީ އެކި ދާއިރާތަކުން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާ ސަރުކާރުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ޗައިނާއަށް ޝުކުރު އަދާކުރައްވައިފަ އެވެ.