
އިންޑިއާ ދަތުރަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއެއްގައި މިނިސްޓަރު ވިދާޅުވީ އިންޑިއާއިއެކު ސޮއިކުރެވުނު ކަރަންސީ ސްވެޕް އެގްރީމެންޓްގެ ދަށުން ރާއްޖެއަށް ގާތްގަނޑަކަށް 700 މިލިއަން ޑޮލަރާއި ގާތުގެ ފައިސާ ލިބޭނެ ކަމަށެވެ. އޭގެ ސަބަބުން މިހާރު ހުރި ބައެއް ދަތިތައް ފިލައިގެން ދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ."ރާއްޖޭގެ ވަރަށް ގިނަ މީހުން މެޑިކަލް ބޭނުމަށް އަދި މަތީ ތައުލީމަށްވެސް އިންޑިއާއަށް އާދޭ، އެފަރާތްތަކަށް ޑޮލަރަށް ބަރޯސާ ނުވެ، ސީދާ ރުޕީސްއިން އެކަން ކުރެވޭނެ، މިއީ ބޮޑު ފަސޭހައަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.