ޚަބަރު
ސޭފް ހޯމް އަޅަން ސަރުކާރުން 31 މިލިއަނަށް ހުޅުމާލެ އިން ބިމެއް ގަނެފި
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުން ބައިތިއްބާ "ސޭފް ހޯމް" ފެސިލިޓީއެއް ތަރައްގީކުރަން ސަރުކާރުން 31 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ބިމެއް ގަނެފި އެވެ.

ބިމުގެ މިލްކުވެރިކަން ބަދަލުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނި، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށުގައި އޮތް 10،000 އަކަފޫޓުގެ މި ބިން ގަތީ ފިނޭންސް މިނިސްޓްރީ އާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ހުޅުމާލޭ ލޮޓް ނަމްބަރު 11707 (A2-1) ބިން ގަތުމަށް ފިނޭންސުން އެޗްޑީސީއަށް ޖުމްލަ 3.5 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ. މި ބިން ގަތުމުގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ޖުލައި 15، 2024، ގަ އެވެ.

ސޭފް ހޯމްއަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހުންނަށް ދައުލަތުގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ހަދާ ތަނެކެވެ.

މިއީ 2022 ގައި ރާއްޖެ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ލިބިފައިވާ އެހީއެއްގައި އަޅާ ތަނެކެވެ.

ހުޅުމާލޭގެ އިތުރުން އައްޑު އާއި ރ. އުނގޫފާރުގައި ވެސް ސޭފް ހޯމް އެޅުމަށް އޭރު އޮތީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު