
ރީޖަނަލް އެއާޕޯޓްސް އިން ބުނީ އެކަމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު މުބީން ދައުލަތު މީޑިއާ، ޕީއެސްއެމްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހު ޓެސްޓް ފްލައިޓް ބޭއްވުމަށް ހަމަޖެހިފަވާ އިރު، އެ ދަތުރު ބޭއްވާނީ ހުކުރު ދުވަހުގެ މެންދުރު ފަހު ކަމަށެވެ.މުލީ އެއާޕޯޓަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ އެއާޕޯޓް ހިންގާނީ ރީޖަނަލް އެއާޕޯޓްސް އިންނެވެ.މުބީން ވިދާޅުވީ ޓެސްޓް ފްލައިޓް ޖެއްސުމުގެ ކުރިން، އެއާޕޯޓަށް މި ވަގުތަށް ބޭނުންވާ މުވައްޒަފުން ވެސް މިހާރު ނަގައި ނިންމާފައިވާ ކަމަށެވެ.އެމްޓީސީސީއާ ހަވާލުކޮށްގެން މުލި އެއާޕޯޓްގެ މަސައްކަތް ފެށީ 2021 ވަނަ އަހަރު އެވެ.