ވިޔަފާރި
މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ތައާރަފުކޮށް، ދަތުރުތަކަށް އަގު ނަގަން ފަށައިފި
މާލެ ޓެކްސީ ލައިންގެ ޚިދުމަތް ފެށިތާ ދެ ހަފުތާ ފަހުން ދަތުރުތަކަށް ފައިސާ ނަގަން ފަށައިފި އެވެ.

އެ ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނީ މާލޭ ޓެކްސީ ލައިންގެ ވެބްސައިޓް ބޭނުންކޮށްގެން ދަތުރުތައް ބުކްކުރުމާއި ފައިސާ ދެއްކުމުގެ ކަންކަން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. މިކަމަށްޓަކައި ލިންކަށް ވަނުމަށް ފަހު ވެބްސައިޓްގައި ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް ކުރިއަށް ދިއުމުން ދަތުރު ބުކްކޮށް ފައިސާ ދެއްކޭނެ އެވެ.

ވެބްސައިޓްގެ އިތުރުން، މާލެ ޓެކްސީގެ ހޮޓްލައިން 1655 އަށް ގުޅައިގެން ވެސް ޓެކްސީ ބުކް ކުރެވޭނެ އެވެ.

މާލޭ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެ އެވެ.

މާލެ ޓެކްސީ ލައިންގެ އަގުތައް

  •  މާލެ، ހުޅުމާލެ ފޭސް 1 އަދި ހުޅުމާލެ ފޭސް 2ގެ އެތެރޭގެ ދަތުރުތައް - 30ރ.
  •  ހުޅުމާލެ ފޭސް 1 އިން ފޭސް 2 އަށް - 40ރ.
  •  މާލެއާ ހުޅުމާލެއާ ދެމެދު - 70ރ.
  •  ހުޅުމާލެ ފޭސް 1 އާއި ހުޅުލެއާ ދެމެދު - 80ރ.
  •  މާލެއާ ހުޅުމާލެ ފޭސް 1 އާ ދެމެދު - 85ރ.
  •  ހުޅުމާލެ ފޭސް 2 އާ ހުޅުލެއާ ދެމެދު - 85ރ.
  •  މާލެއާ ހުޅުމާލެ ފޭސް 2 އާ ދެމެދު - 100ރ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު