
ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މާލޭ ޓެކްސީގެ ހިދުމަތް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދެވެ.އެ ރަސްމިއްޔާތުގައި ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.އެމްޓީސީސީން ވަނީ ވިލިމާލޭގައި އިލެކްޓްރިކް ވެހިކަލްގެ ދަތުރުފަތުރުގެ ނިޒާމެއް ތައާރަފު ކުރުމާ މެދު ފަޚުރުވެރިވާ ކަމަށާއި، އެއީ ރައްކާތެރި، އިތުބާރު ކުރެވޭ ހިދުމަތަކަށް ވާނެ ކަމަށެވެ.މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13,000 އަށްވުރެ ގިނަ ދަތުރު ކޮށްދީފައިވާކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.މި ޚިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ޚާއްސަ ކުދި ކާރުތަކާއި، އެއާޕޯޓް ދަތުރުތަކަށް ޚާއްސަ ބޮޑެތި އުޅަނދުތައް ހިމެނޭހެން ތިން ސައިޒެއްގެ ކާރުތައް ހިމެނެ އެވެ.މާލެ ޓެކްސީ ލައިންގެ ޚިދުމަތް ހޯދުމަށް އެކަމަށް ހާއްސަކޮށްފައިވާ މޮބައިލް އެޕްލިކޭޝަން ނުވަތަ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރެވޭނެ އެވެ.