ޚަބަރު
މި އަހަރު އައްޑޫގައި ވެސް ޓެކްސީ ލައިން ފަށަނީ
މި އަހަރު ނިމުމުގެ ކުރިން އައްޑޫގައި ވެސް ސަރުކާރުން ޓެކްސީ ލައިން ހިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.

މާލޭގެ ޓެކްސީލައިންގެ ހިދުމަތް ފެށުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ އައްޑޫ ވެސް މިހާރު އޮތީ އެ ފަދަ ހިދުމަތަކަށް ބޭނުންވެފައި ކަމަށެވެ. އެހެންވެ، އެއާ އެއްގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ، މާލޭގައި ސަރުކާރުން ޓެކްސީ ދޭން ފެށި ފެންވަރަށް އައްޑޫގައި ވެސް މި އަހަރުގެ ތެރޭގައި ހިދުމަތް ފަށާނެ ކަމަށެވެ.

އަމީން ވިދާޅުވީ އެ ދަތުރުތައް ކުރުމުގައި ޕާޓް-ޓައިމް އަދި ފުލްޓައިމްކޮށް ވެސް އުޅޭނީ ދިވެހިން ކަމަށެވެ. އެހެންވެ، އާއްމުންނަށް ފަސޭހަ އަދި ރައްކާތެރިކަމާއި އިތުބާރުކުރެވޭ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށް ވިދާޅުވި އެވެ. 

މިހާރު އެދެވޭނީ، އެކަމަށް ހާއްސަކޮށް އުފައްދާފައިވާ ވެބް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި ގުޅައިގެން ވެސް ޓެކްސީ ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

އެމްޓީސީސީން އިތުރަށް ބުނީ ކަސްޓަމަރުންނަށް ދަތުރުކުރުމުގައާއި، އެޕް ބޭނުންކުރުމުގައި އަދި ދިމާވާ އެހެނިހެން ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ހޮޓްލައިން ނަންބަރު، 1655 ގާއިމުކޮށްފައިވާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ރަށްރަށުގައި އާރުޓީއެލް ފެރީގެ ހިދުމަތް، އަދި ބަހުގެ ހިދުމަތް ތައާރަފްކުރުމަށްފަހު، އެމްޓީސީސީން އަބަދުވެސް ހަފުތާއަކަށް ދަތުރުތައް ހިލޭކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު