ވިޔަފާރި
އެމްޓީސީސީގެ ޑީއެމްޑީއަކަށް މުބީން
އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު މުބީން އައްޔަންކޮށްފި އެވެ.

ކުރިން ބިލެތްދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރެއްވި މުބީން ވަނީ މި ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ. އޭނަ އެމްޓީސީސީގެ ޑީއެމްޑީއަކަށް އައްޔަންކުރުމާ ގުޅިގެން އެ ކުންފުނިން މިއަދު މަރުހަބާ ވެސް ކިޔާފައިވެ އެވެ.

މުބީނަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން ވެސް މެ އެވެ.

މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބަށް ފަހު ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަންނަނީ ބަދަލުތަކެއް ގެންނަމުންނެވެ. ބައެއް ކުންފުނިތަކުގެ އިސްވެރިން ވަކިކުރައްވާފައިވާއިރު، ބައެއް ބޭފުޅުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. އަދި އެ ބޭފުޅުންގެ ބަދަލުގައި ކުންފުނިތަކަށް އާ ވެރިން އަންނަނީ ހަމަޖައްސަމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު