ޚަބަރު
ނޫސްވެރިންނަށް ބިރު ދެއްކުން އާންމު ކަމަކަށް ހަދައިފި: ނަޝީދު
ނޫސްވެރިންނަށް ބިރު ދެއްކުން އާންމު ކަމަކަށް ހަދާފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު ވިދާޅުވީ މަސްދަރު ހާމަކުރަން މަޖުބޫރުކޮށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން މެދުވެރިކޮށް ބިރު ދައްކަމުންދާ ކަމަށެވެ.

"ޕްރެސް ފްރީޑޮމް އިންޑެކްސްގައި ރާއްޖެ ދަނީ ސޮހެމުން. މަސްދަރު ހާމަކުރަން މަޖުބޫރު ކުރުމާއި، މީޑިއާ ކޮންޓްރޯލް ކޮމިޝަން މެދުވެރިކޮށް ބިރު ދެއްކުން އާންމު ކަމަކަށް ހަދައިފި،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހިމާޔަތުގައި ދޫދިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މިއަހަރު އާންމުކުރި ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4 ދަރަޖަ ދަށް ވަނަ އެކެވެ.

ފަހުގެ ތާރީހެއްގައި ރާއްޖެ އެންމެ ދަށުގައި ހިމެނުނު އަހަރަކީ 2018ގަ އެވެ. މެއި 2018އަށް ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ 120ގަ އެވެ. މި އަހަރުގެ އިންޑެކްސްގައި މި ހިމެނުނީ އެއާ ޖެހިގެން މިދިޔަ 8 އަހަރުގެ ތެރޭގައި އެންމެ ދަށްކޮށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު