ޚަބަރު
ބޮޑު ފަޅި އެނގޭނީ ޗެއާޕާސަން އިންތިހާބު ބާއްވައިގެން: ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ.
އިދިކޮޅު އެމްޑީޕީގެ ތެރޭގައި މެމްބަރުންގެ ތާއީދު އޮތް ފަޅި އެނގޭނީ، ޕާޓީގެ ޗެއާޕާސަންގެ އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ޕާޓީގެ ބައެއް މެމްބަރުންނާ ބައްދަލުކުރައްވައި ނަޝީދު އިއްޔެ ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އެ މަނިކުފާނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ މެދު ވެސް ހިތްހަމަނުޖެހޭ ބަޔަކު އެބަތިބި ކަމަށެވެ. ޕާޓީ ތެރޭގައި ގިނަ ބިޔަކު ތިބީ އެ މަނިކުފާނުގެ ފަޅީގައިކަން ނުވަތަ އިބޫގެ ފަޅީގައިކަން އެނގޭނީ މި އިންތިހާބު އަވަހަށް ބާއްވައިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. 


އެހެން ނޫނީ ޕާޓީގެ މަސްލަހަތު އަނެއްކާވެސް ގެއްލިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"އެއްބަޔަކު އެބަތިބި ރައީސް ސޯލިހަށް ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އަނެއް ބަޔަކު އެބަތިބި އަޅުގަނޑާ ހަމަ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހޭ ބައެއް، ހަމަ އަޅުގަނޑުމެންގެ ޕާޓީގެ ތެރޭގައި. އެހެންވީމަ މިކަމުގައި ރަނގަޅު ވޯޓެއް ނަގައި ހޯދަން ވެއްޖެތާ ކޮންބައެއްތޯ ގިނައީ،" ނަޝީދު ވިދާޅުވި އެވެ.

ތާއީދު ބޮޑު ފަޅިއެއް އަވަހަށް ނުހޯދިއްޖެނަމަ، އެމްޑީޕީގެ ތެރޭގައި އޮތް މަސްލަހަތު އަނެއްކާވެސް ގޯސްވާނެކަމުގެ އިންޒާރު ވެސް އެ މަނިކުފާނު ދެއްވި އެވެ. 

އެމްޑީޕީގެ ޗެެއާޕާސަން އިންތިހާބު ފަސްކޮށް އިންތިގާލީ އިންތިޒާމެއް ހަމަޖައްސަން ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވުމާ އެކު، ނަޝީދު ވަނީ އެ ޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގަންނަވަން ޝައުގުވެރިކަން ވެސް ފާޅުކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު