ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފްތާއަކު 10،000 ރުފިޔާ ހޯދުމުގެ ފުރުސަތު
އިސްމާއިލް ރިޒާ
21 މެއި 2025 - 17:33
0 comments
ދިރާގުން 10،000 ރުފިޔާގެ މޯލްޑިވިއަން ޑޮމެސްޓިކް ޓްރެވަލް ވައުޗާއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި
ދިރާގުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޚާއްސަކޮށްގެން, ހަމައެކަނި ރީލޯޑު ކުރުމުން 10،000 ރުފިޔާއާއި މޯލްޑިވިއަންގެ 10،000 ރުފިޔާގެ ޑޮމެސްޓިކް ޓްރެވެލް ވައުޗަރެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މިއީ ހަފްތާއަކު ޖުމްލަ 300 ރުފިޔާއަށް ވުރެ ގިނައިން ރީލޯޑްކުރާ ނުވަތަ ޑޭޓާ އެޑް-އޮން އެކްޓިވޭޓްކުރާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުގެ ނަސީބުވެރިންނަށް އިނާމުތައް ލިބިގެންދާނެ ޕްރޮމޯޝަނެކެވެ.
މީގެ އިތުރުން ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން 20 ރުފިޔާއިން މަތިން ކުރާ ކޮންމެ ރީލޯޑަކަށް އެއް ޓީބީއާ ހަމައަށް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ އެވެ. މިއީ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެ އެވެ.
އަންނަ ޖޫން މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ދިރާގުއެޕާއި ދިރާގުޕޭގެ މައިއެކައުންޓް ނުވަތަ ދިރާގުގެ ޕާޓްނާ ފިހާރަތައް މެދުވެރިކޮށް ރީލޯޑްކޮށްގެން ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލައިފައެވެ.އަދި އެކި ކަސްޓަމަރުންގެ ބޭނުންތަކަށް ޚާއްސަކޮށްގެން، ތަފާތު ޑޭޓާ އެލަވަންސްތަކާއި ވެލިޑިޓީ އިހްތިޔާރުކުރެވޭ ގޮތަށް އެކިއެކި ޕްރިޕެއިޑް ޕްލޭންތައް ދިރާގުން ފޯރުކޮށްދެމުން ދާކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
ދިރާގުން އަބަދުވެސް ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންނެވެ.
ކިޔުންތެރިންގެ ޝުއޫރު