ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޖެމްކިޔު ސްކީމަކީ ހީލަތެއް: ޕޮލިސް/ސީއެމްޑީއޭ
މަރިޔަމް އަނާ
15 ޖޫން 2025 - 22:54
0
comments
Tweet
Telegram
ޖީއެމްސީއީ ނުވަތަ ޖެމްކިއުގެ ނަމުގައި ހިންގަމުންދާ އިންވެސްޓްމަންޓް ސްކީމަކީ ޕިރަމިޑް ސްކީމެއް ކަމަށާއި އެ ސްކީމުގައި ބައިވެރިވުމަށް ހިތްވަރުދޭ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުންނާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
ޖީއެމްސީއީ ސްކީމް ރާއްޖެއަށް ތައާރަފުވެ، ބޭނުންކުރާތާ އަހަރެއް ވެއްޖެ އެވެ.
ފުލުހުންނާއި ސީއެމްޑީއޭ ގުޅިގެން މިރޭ ނެރުނު ބަޔާނެއްްގައި ބުނީ އެއީ ޕިރަމިޑް ސްކީމެއްކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ސްކީމް ހިންގަނީ ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ކަމަށްވާތީ އެއީ ގާނޫނީ ހަމަތަކުގެ ތެރެއިން ހިންގާ ސްކީމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އެ ސްކީމް ހިންގައި ޕްރޮމޯޓް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށެވެ.
ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް ސީއެމްޑީއޭ އާއި ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ ސްކީމްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ތަކުރާރުކޮށް ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.
"ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ގުޅިގެން މި މައްސަލަ މިގެންދަނީ ބޭރުގެ އެޖެންސީތަކުގެ އެހީތެރިކަމާއެކު، ތަހުގީގު ކުރަމުންނެވެ. މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި ދިވެހި ފުލުހުންގެ ހިދުމަތުން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
20 ގަޑިއިރު ކުރިން
0
އެންޓި ސްކޭމް ބޮޑު އޮޮޕަރޭޝަންގައި އެންމެ ގިނަ ފައިސާ އަނބުރާ ހޯދީ ރާއްޖެއިން
2 ދުވަސް ކުރިން
0
ރައުދު ރާއްޖެއިން ބޭރަށް ފުރިކަމަށް ބުނެ ފަތުރަނީ ދޮގެއް: ފުލުހުން
3 ދުވަސް ކުރިން
0
މަޖީދީމަގުގައި ޕާކުކުރާ އުޅަނދުތައް ޓޯކުރަނީ
4 ދުވަސް ކުރިން
0
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒުވާނަކު ހޯދަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިޓަޔާކުރާ އުއްތަމަފަނޑިޔާރަށް މަހަކު 70،000ރ. ދޭން އުޅޭތީ ބަހުސް ހޫނުވެއްޖެ
8 ގަޑިއިރު ކުރިން
0
ޖެމްކިޔު ސްކީމަކީ ހީލަތެއް: ޕޮލިސް/ސީއެމްޑީއޭ
8 ގަޑިއިރު ކުރިން
0
ކުލި ނުދައްކާ ފުލެޓުތަކަށް ނޯޓިސް ފޮނުވަން ފަށައިފި
15 ގަޑިއިރު ކުރިން
0
ޓެކާސް ދިރާގު ރިޒޯޓް ކަޕް މިއަދު ފަށައިފި
15 ގަޑިއިރު ކުރިން
0