ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެމްޓީސީސީއަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިއްޖެ
ހަސަން ހަލީމް
15 ފެބުރުއަރީ 2025 - 12:23
0
comments
Tweet
Telegram
ރާއްޖޭގެ ރަށްރަށުގައި ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާ އެމްޓީސީސީއަށް މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.
އެމްޓީސީސީއިން އާންމުކޮށްފައިވާ މާލީ ހިސާބުތައް ދައްކާގޮތުގައި 2024 ވަނަ އަހަރު އެކުންފުންޏަށް އާމްދަނީގެ ގޮތުގައި 2.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މި އަދަދަކީ 2023 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 3.2 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 32.1 އިންސައްތަ ދަށް އަދަދެކެވެ.
ފާއިތުވި އަހަރު ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ލިބިފައިވަނީ 84.2 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމުގެ ކުރިން ލިބުނު ފައިދާއަކީ 99.1 މިލިއަން ރުފިޔާ އެވެ. މިއީ 2023 އަހަރާ އަޅާބަލާއިރު 41 އިންސައްތަ ދަށް އަދަދެކެވެ.
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއިން 189 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ. މި މުއްދަތުގައި 9 މަޝްރޫއެއް ނިންމާލައި، އާ ތިން މަޝްރޫއެއް ފަށާފައިވެ އެވެ. ނިމުނު މަޝްރޫއުތަކުގެ ތެރޭގައި ނ. މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، ހދ. ކުމުންދޫ ބަނދަރުގެ ޗެނަލް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.
އެމްޓީސީސީގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ލިބިފައިވަނީ 418.2 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 587.1 މިލިޔަން ރުފިޔާ އަޅާ ބަލާއިރު 28.8 އިންސައްތަ ދަށް އަދަދެކެވެ.
ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ކުންފުނި ހިންގައިގެން ލިބިފައިވަނީ 177.5 މިލިޔަން ރުފިޔާއެވެ. ތިންވަނަ ކުއާޓަރުގައި އެ ކުންފުނި ހިންގައިގެން ލިބިފައިވަނީ 12.7 މިލިޔަން ރުފިޔާއެވެ.
އާމްދަނީ ދަށްވުމާއި އެކު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 151.3 މިލިޔަން ރުފިޔާ އެވެ.
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީއިން ކާމިޔާބުކަމާއެކު ނިންމާލައިފައިވާ މަޝްރޫއުތަކަށް ބަލާއިރު ނ. މާފަރު އެއަރޕޯޓް ތަރައްޤީކޮށް ފުޅާކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި، ހދ. ކުމުންދޫ ބަނދަރުގެ ޗެނަލް އެޅުމުގެ މަސައްކަތުގެ އިތުރުން ބ. ކަމަދޫ ބަނދަރު އަލުން ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
13 ގަޑިއިރު ކުރިން
0
އާރުޓީއެލްގެ ނަމުގައި ސްކޭމެއް؛ އެމްޓީސީސީއާ ގުޅުމެއް ނެތް
5 ދުވަސް ކުރިން
0
ރޯދަ މަހު ބަހާއި ފެރީ ދަތުރުތައް ބާއްވާ ގަޑިތަކަށް ބަދަލެއްް
16 ދުވަސް ކުރިން
0
އެމްޓީސީސީގެ ސީއޯއޯއަކަށް ސިނާން
20 ދުވަސް ކުރިން
0
މާލެ ސަރަހައްދުގައި އިލެކްޓްރިކް ވެހިކަލް ޓެކްސީގެ ހިދުމަތް ދޭން އެމްޓީސީސީއާ ހަވާލުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގާޒާއަށް އިންސާނީ އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުން، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
4 ގަޑިއިރު ކުރިން
0
ސައުދީން ރާއްޖެއަށް އިތުރު 10 ޓަނުގެ ކަދުރު ހަދިޔާކޮށްފި
5 ގަޑިއިރު ކުރިން
0
މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޑރ. ވިޓާލީ އެ މަގާމުން ވަކިކޮށްފި
5 ގަޑިއިރު ކުރިން
0
މެލޭޝިއާގައި ދިވެއްސަކު ގެއްލިގެން ހޯދަނީ
10 ގަޑިއިރު ކުރިން
0