ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދުނިޔެ
ފަލަސްތީނުގެ ގާޒާއިން މުޅިން ހެން ކަރަންޓު ކަނޑާލަން އިޒްރޭލުން މަސައްކަތް ކުރަނީ
މަރިޔަމް އަނާ
10 މާޗް 2025 - 12:34
0
comments
Tweet
Telegram
އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައިޖެހިފައިވާ ފަލަސްތީނުގެ ގާޒާއިން ކަރަންޓު ކަނޑާލަން އިޒްރޭލުގެ އެނާޖީ މިނިސްޓަރު އެލީ ކޯހެން އަންގައިފި އެވެ.
އިޒްރޭލުގެ އެނާޖީ މިނިސްޓަރު
އެކްސް
ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަރަށް ގިނަ ވާހަކަތައް ދެއްކިއްޖެ ކަމަށާއި މިއީ އަމަލުން ކަންކަން ކުރަންވީ ވަގުތު ކަމަށެވެ.
ޣައްޒާއިން ކަރަންޓު ކަނޑާލަން ނިންމާފައި މި ވަނީ ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ދަށުން ޣައްޒާއަށް އެހީގެ ތަކެތި ވެއްދުން ވެސް އިޒްރޭލުން ހުއްޓުވިތާ ހަފްތާއެއް ފަހުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމަ މެދުކަނޑާލަން އިޒްރޭލުން އެއްބަސްވި ފުރަތަމަ މަރުހަލާގެ މުއްދަތު އެ ގައުމުން ބޭނުންވަނީ އިތުރު ކުރުމަށެވެ. ނަމަވެސް ހަމާސް އިން ބޭނުންވަނީ ފުރަތަމަ މަރުހަލާގެ މުއްދަތު އިތުރުނުކޮށް އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ދިއުމަށެވެ.
ގާޒާއިން މިވަގުތު ކާބޯތަކެތި ހޯދުމަށް އޮތް ދޮރުތައް އިޒްރޭލުން ބަންދު ކުރުމުން، ފަލަސްތީނުގެ ރައްޔިތުންނަށް ކާބޯތަކެތި ހޯދަން އަންނަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.
ހަމާސް އިން އިއްޔެ ބުނެފައިވަނީ ޣައްޒާއަށް އެހީ ވެއްދުން އިޒްރޭލުން ހުއްޓުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި އެކަމުގެ ސަބަބުން އިޒްރޭލުގެ ރަހީނުންނަށް ވެސް ނުރައްކާވާނެ ކަމަށެވެ.
އެއްބަސްވުމާ ހިލާފުވެ އިޒްރޭލުން ޣައްޒާގެ އާންމުންނަށް ދަތިކުރަން ފެށުމާ އެކު އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް އާއި އިންސާނީ އެހީގެ ޖަމިއްޔާގެ ވެރިޔާ ތޯމަސް ފްލެޗާ ވަނީ މިއީ އިންތިހާއަށް ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި އެހީއަށް ހުރަސްއެޅުން ވަގުތުން ހުއްޓާލަން ގޮވާލައްވައިފަ އެވެ.
ހަމަލާ ބަދަލުކުރުން މެދުކަނޑާލައި ދެ ފަރާތުން ގައިދީން ބަދަލުކުރުމުގައި މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރި ރެޑް ކްރޮސް އިން ވަނީ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުން ވަރަށް މުހިންމުކަމަށް ބުނެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ސުލްހައިގެ މަސައްކަތުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ މިސްރުން ވަނީ އެއްބަސްވުމާ އެއްގޮތަށް އިޒްރޭލުން އަމަލުކުރުމަށް ޔޫރަޕުން އިޒްރޭލަށް ޕްރެޝަރު ކުރުމަށް ގޮވާލައިފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
12 ދުވަސް ކުރިން
0
ރާއްޖެއިން އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ހިތްވަރުގަދަ ނިންމުމެއް: މެލޭޝިއާ
15 ދުވަސް ކުރިން
0
އިސްރާޢީލުގެ ޕާސްޕޯޓު މަނާކުރުމުގެ ސަބަބުން ފަތުރުވެރިކަމަށް އަސަރެއް ނުކުރޭ: ސަރުކާރު
25 ދުވަސް ކުރިން
0
އެމްޑީޕީގެ ވެރިކަމެއްގައި އިޒްރޭލު މީހުން އަންނަން އަލުން ހުއްދަދޭނެ: ފަލާހު
25 ދުވަސް ކުރިން
0
އިޒްރޭލު ޕާސްޕޯޓް މަނާ ކުރާ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މޯލްޑިވިއަނުން މުއްޔަށް ކޮޅަކަށް 1،377ރ. ފުރަތަމަ ދަތުރު މި މަހު 17 ގައި
8 ގަޑިއިރު ކުރިން
0
ނުދައްކާ ގިނަ ދުވަސްވީ ފެން ބިލްތަކުގެ ޖޫރިމަނާ މާފުކޮށްދޭ ޕްލޭނެއް
8 ގަޑިއިރު ކުރިން
0
ޔުމްނު އަށް ސުވާލު ކުރުމުގެ ފުސަތެއް އަދި ނުލިބޭ: ފުލުހުން
9 ގަޑިއިރު ކުރިން
0
ޕާކިސްތާނުގައި ތިބި، ދިވެހިންގެ ހާލު މިދަނީ ބަލަމުން: މިނިސްޓްރީ
17 ގަޑިއިރު ކުރިން
0